March 10, 2026
Advertisement
ލެންގުއޭޖު އެންޑް ކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަޖުދީ
ލެންގުއޭޖު އެންޑް ކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަޖުދީ / ސޯޝަލް މީޑިއާ

އަނެއްކާވެސް ސަސްޕެންޝަނެއް، މި ފަހަރު ލެންގުއޭޖު އެންޑް ކަލްޗަރގެ ޑެޕިއުޓީ!

Mariyam Isaadha
މަރިޔަމް އިސާދާ
May 23, 2024, 03:46 AM
މާލެ ސިޓީ

މި ސަރުކާރުގެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރަމުންދާ ދަނޑީވަޅެއްގައި އަނެއްކާވެސް ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފިއެވެ.

Advertisement

މި ފަހަރު ސަސްޕެންޑްކޮށްފައިވަނީ، ލެންގުއޭޖު އެންޑް ކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި މުހައްމަދު ސައީދު މޫސާ ވަޖުދީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޖުދީ ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅިގެން ބަލަމުން ގެންދާ ސުލޫކީ މައްސަލަތަކަކާ ގުޅިގެންނެވެ.

ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފައިވަނީ، މިރޭގެ ވަގުތެއްގައިކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފައެވެ.

ވަޖުދީ ސަސްޕެންޑް ކުރިއިރު ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ޑެޕިއުޓީ މިނިސްޓަރު ޝިފާޒު އަހުލާގީ މައްސަލަތަކެއްގައި ސަސްޕެންޑް ކުރިކަން ކަށަވަރުވި ނަމަވެސް އޭނާއަށް އޮތް އެ ތުހުމަތުތަކުގެ ތަފުސީލުތައް ސާފެއް ނުވެއެވެ.

މީގެ އިތުރުން ސަރުކާރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބަވައި ކޮންގްރެސް ޕާޓިގެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދުވެސް ވަނީ މީގެ ކުރިން މުސާރަ ހިނގާ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

އެ ތިން ބޭފުޅުން ސަސްޕެންޑް ކުރީ ސަރުކާރަށް ސަނާ ކިޔަމުން ގޮސް އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކޮށްގެނެވެ.

ހަމައެހެންމެ ދެ އެމްޑީއަކާ ޗެއަރމަންއަކުވެސް ވަނީ މި ސަރުކާރުން މިހާރު ވަކިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved