ފަލަސްތީން މިސައިލް / އޭޕީ
ދުނިޔެ
ހޫތީން 'ފަލަސްތީން' މިސައިލުން އިސްރާއީލަށް ހަމަލާދީފި
Azzama
އައްޒާމާ
07 ޖޫން 2024

ޔަމަނުގެ ހޫތީ ސަރުކާރުން އާ، ސޮލިޑް ފިއުލް މިސައިލެއް ދައްކާލައިފިއެވެ.

ހޫތީން ވަނީ ފަލަސްތީނުގެ ކޫފިއްޔަ ސްކާފް އެއް ފަދައިން ކުލަ ޖަހާފައިވާ ވޯހެޑަކާއެކު ފުރިހަމަކޮށްފައިވާ އާ "ފަލަސްތީން" ގެ ނަމުން ނަންދީފައިވާ މި މިސައިލް އިސްރާއީލުގެ ދެކުނު ގަލްފް އޮފް އަޤަބާ ބަނދަރު ސިޓީ އައިލާތަށް ހޯމަ ދުވަހު ޖަހާފައެވެ.  މި ހަމަލާގައި އެއާ ރެއިޑް ސައިރެންތައް ޖަހާފައިވީ ނަމަވެސް އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ހޫތީން ފޮނުވި މި ހަމަލާގެ ފުޓޭޖް ވަނީ އާންމުކޮށްފައެވެ.

ސޮލިޑް ފިއުލް މިސައިލްތައް ސެޓްކޮށް، ލިކުއިޑް ފިއުލް ހިމެނޭ މިސައިލްތަކަށް ވުރެ އަވަހަށް ފޮނުވާލެވޭނެ އެވެ.

ހޫތީން ބުނާގޮތުގައި ފަލަސްތީނަކީ ހޫތީންގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ.

"'ފަލަސްތީން' ގުޅެނީ ސީދާ ކޮން ވަރޝަނަކާކަން ޔަގީންކޮށް ނުބުނެވޭނެ ނަމަވެސް، ވަރަށް ޔަގީންކަމާއެކު ބުނަން ޖެހޭނީ އެއީ އީރާނުން ފޯރުކޮށްދޭ ޒަމާނީ އަދި ޕްރެސިޝަން ގައިޑްޑް (ގާޑް) އިން ތަރައްގީކޮށްފައިވާ ސޮލިޑް ޕްރޮޕެލަންޓް މިސައިލެއް،" މިސައިލް އެކްސްޕާޓް އަދި އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީޒްގެ ރިސާޗް ފެލޯ ފޭބިއަން ހިންޒް ލިޔެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved