March 10, 2026
Advertisement
ހެމްބާގުގައި ފުލުހުން ހިންގި އޮޕަރޭޝަން
ހެމްބާގުގައި ފުލުހުން ހިންގި އޮޕަރޭޝަން / ރޮއިޓަރސް

ޔޫރޯ މެޗާ ދިމާކޮށް ހެމްބާގުގައި ކޯރާނޑިއަކުން ހަމަލާ ދޭން އުޅުނު މީހެއް ގަޔަށް ބަޑިޖަހައިފި

Azzama
އައްޒާމާ
Jun 17, 2024, 12:52 AM

ކޯރާނޑިއެއް ހިފައިގެން ހުރި މީހަކު ފުލުހުންނަށް ބިރުދެއްކުމުން ޖަރުމަނުގެ ހެމްބާގުގެ މެދުތެރޭގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި ކަމަށް ޖަރުމަނު އޮފިޝަލުން ބުނެފިއެވެ.

Advertisement

ފުލުހުން ބުނާ ގޮތުގައި އެމީހާގަޔަށް ބަޑިޖަހައި ސީރިއަސް ޒަޚަމްލިބިފައިވާތީ، އޭނާއަށް ދަނީ ސިއްހީ ފަރުވާ ދެމުން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ޑަޗް ފުޓްބޯޅަ ޓީމަުގެ ސަޕޯޓަރުންނަށް ހާއްސަ ފޭންޒޯނެއް ކައިރީގައެވެ.

ޔޫރޯ 2024 މުބާރާތުގައި އަންނަ އާދީއްތަ ދުވަހު އެ ސިޓީގައި ނެދަލެންޑްސް ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

ހެމްބާގް ޕޮލިސްގެ ތަރުޖަމާނަކު ބީބީސީއަށް ބުނީ ޝައްކު ކުރެވޭ މީހާ ކޯރާނޑި އެއް ހިފައިގެން ހުރި ކަމަށާއި ޕެޓްރޯލް ބޮމެއް ރޯކުރަން މަސައްކަތް ކުރި ނަމަވެސް އޮފިސަރުން އޭނާ ގަޔަށް ޕެޕަރ ސްޕްރޭ ޖެހި ކަމަށާއި އޭގެ ފަހުން އޭނާ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ.

އޮންލައިންކޮށް އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި ފުލުހުންގެ ކުރިމަތީގައި ކޯރާނޑިއެއް ހިފައިގެން އެމީހާ ހުރިއިރު، ބަޑިޖެހުމުގެ އަޑުތަކެއް އިވެމުންދެއެވެ.

އެމީހާގެ ނަން ފުލުހުން ހާމަކޮށްފައި ނުވާއިރު، މި ހާދިސާގެ ފަހަތުގައި އޮތީ ކޮން މޯޓިވްއެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ހެމްބާގުގައި ހުންނަ ނިއުޔޯކް ޓައިމްސްގެ ޗީފް ސޮކާ ކޮރެސްޕޮންޑެންޓް ރޮރީ ސްމިތު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ޑަޗް ފޭންޒޯން ކައިރީގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved