March 11, 2026
Advertisement
ސިޕްރިއާ މެރިން ފުޑްސްގެ މުވައްޒަފުން މުޒާހަރާގައި ގެންގުޅުނު ބޯޑްތައް
ސިޕްރިއާ މެރިން ފުޑްސްގެ މުވައްޒަފުން މުޒާހަރާގައި ގެންގުޅުނު ބޯޑްތައް / ތޭރަ އޮންލައިން

ސިޕްރިއާގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ މުޒާހަރާ ކުރަނީ!

Aishath Naja
އައިޝަތު ނަޖާ
Jul 1, 2024, 08:18 PM
މާލެ ސިޓީ

ސިޕްރިއާ މެރިން ފުޑްސް އިން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީ ކަންބޮޑުވުންފާޅުކޮށް މުވައްޒަފުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

Advertisement

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން ސިޕްރިއާ މެރިން ފުޑްސްގެ މެނޭޖާރ ވިދާޅުވީ އެ ފެކްޓްރީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ 8 މަސް ވެއްޖެކަމަށާއި ދިވެހި މުވައްޒަފުންނަށް މުސާރަ ނުދޭތާ 6 މަސް ވޭތުވެފައިވާކަމަށެވެ.

މީގެ ކުރިންވެސް މުސާރަ ނުދޭތީ މުޒާހަރާކޮށްފައިވާ ކަމަށާއި ނަމަވެސް ފަހުން މުސާރަ ދޭނެ ކަމަށް ބުނުމުން މުޒާހަރާ ހުއްޓާލީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެތައް މަހެއްގެ މުސާރަ ނުދިނުމުން ވެސް ކުންފުންޏަށް ހިދުމަތްކޮށްދީފައިވާނެ ކަމަށާއި ނަމަވެސް ފަހުން މުސާރަ ދެން ލިބޭނެ ކަމުގެ އެއްްވެސް އަލިމަގެއް ނުފެނުމުން މަސައްކަތް ހުއްޓާލީކަމަށް ވެސް ތޭރަ އޮންލައިން އަށް މައުލޫމާތު ދެމުން ސިޕްރިއާ މެރިން ފުޑްސްގެ މެނޭޖާރ ވިދާޅުވިއެވެ.

މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން އަޅާލާފައިނުވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބިދޭސީ މުވައްޒަފުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި އެމީހުން ކުއްޔަށް ދިރިއުޅޭ ގެތަކަށް ކުލި ނުދެވި އެތައް މަހެއް ފާއިތުވުމުގެ ސަބަބުން އެމީހުން އެ ގެ ތަކުން ނިކުންނަން ޖެހިފައިވާކަމަށާއި އެމީހުންނަށް އެމީހުންގެ އާއިލާ އަށް ފައިސާ ނުފޮނުވޭ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ވީއެންމެ އަވަހަކަށް އެ ފަރާތްތަކަށް މުސާރަ ދިނުމަށް އެދި ވަނީ ގޮވާލާފައެވެ.

ކޮމެންޓު
ކޮމެންޓްތައު
Nasheed jahil
Jul 4, 2024, 03:52 AM
Thiyaee muizz verikan kuran neygeythrr higaa kan kan
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved