April 18, 2026
Advertisement
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިމާރާތްތަކުގައި އަލިފާން ރޯވެފައި
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިމާރާތްތަކުގައި އަލިފާން ރޯވެފައި / ސޯޝަލް މީޑިއާ

ޔަހޫދީން ދިން ހަމަލާއެއްގައި، ޣައްޒާގެ އިމާރާތަކު ރޯވެ، އެތައް ބަޔަކު ތާށިވެއްޖެ

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 25, 2024, 04:23 PM
ޣައްޒާ

ނިރުބަވެރި ޔަހޫދީން ދިން ހަމަލާއެއްގައި ޣައްޒާގެ ޚާން ޔޫނިސްގެ އިމާރާތެއްގައި އަލިފާން ރޯވެ، އެތައް ސަތޭކަ ބަޔަކު ތާށިވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ރިޕޯޓް ތަކުން ބުނާ ގޮތުގައި، އެ އިމާރާތަކީ އދ. ގެ ޔޫއެންއާރުޑަބްލިއުއޭގެ ޓްރެއިނިން ސެންޓަރެކެވެ. އެ ތަނުގައި ތިބި މީހުންގެ އަދަދު 800 އަށް ވުރެ ގިނަ ކަމަށާއި އެމީހުންނަކީ މުޅިން ވެސް ހިޔާވަހިކަން ހޯދަން އައިސް އެ ތަނުގައި ދިރިއުޅެމުން އައި ފަލަސްތީނުގެ ރައްޔިތުން ކަމަށްވެއެވެ.

އެތަނަށް ހަމަލާ ދީފައި ވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސެންޓަރަށް ވަދެ ނުކުތުން އިސްރާއީލުން ހިފަހައްޓާފައި އޮންނަތާ ވެސް މިހާރު ދެ ދުވަސްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވާ އިރު، އެތަނުގައި ތާށިވެފައި ތިބި އެއްވެސް މީހެއްގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާގައި މިހާތަނަށް ޝަހީދުވެފައިވާ މީޙުންގެ އަދަދު ވަނީ 25،000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރެއިން 10،000 ވުރެ ގިނަ ކުޑަ ކުދިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved