އިސްމާއިލް ހަނިއްޔާ / ސޯޝަލް މީޑިއާ
ހަބަރު
ހަނިއްޔާ އަވަހާރަވުން: ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކޮށްލަން ނުކެރުނު!
Mariyam Isaadha
މަރިޔަމް އިސާދާ
01 އޯގަސްޓު 2024
ޣައްޒާ

ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލާފައިވާއިރު އެކަމުގެ ހިތާމަައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ސަރުކާރަށް ނުކެރުނުކަން ހާމަވެއްޖެއެވެ.

ޣައްޒާގެ ލީޑަރު ޝަހީދުކޮށްލާފައިވަނީ އިރާންގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް އިއްޔ ރޭ ފަތިހުއެވެ. ހަނިއްޔާ ޝަހީދުވި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެއެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ އަރަބި ބޮޑެތި ގައުމުންތަކުގެ އިތުރުން ދުނިޔޭގެ ބާރުތަކުންވެސް އެކަން ކުށްވެރިކޮށްފައިވާއިރު އަދިވެސް ދިވެހި ސަރުކާރުގެ ބަހެއް މިކަމުގައި ނެތެވެ.

ފޮރިން މިނިސްޓްރީއާ ރައީސް މުހައްމަދު މުއިއްޒުވެސް ހަނު ތިއްބެވިއިރު އެންމެ ކުޑަ މިނުން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކޮށްލުމުގެ ސްޓޭންޑެއްވެސް ނަގަން ދިވެހި ސަރުކާރަށް ނުކެރުނެވެ.

ފަލަސްތީނުގެ ހައްގުގައި، ބައިނަލް އަގުވާމީ މައިދާނުގައި ކުރެވޭ ކޮންމެ ކަމެއްގައި ރާއްޖޭން ބައިވެރިވެ ދެމިއޮންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް އިއްޔެރޭ ފަތިހު ހިނގި އެ ހާދިސާގައި ދިވެހި ދައުލަތުން ހަނު އޮތުމުން ފަލަސްތީނުގެ ކަންކަމުގައި މި ސަރުކާރުގެ ވަރަށް ރަގަޅަށް ހާމަވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved