March 24, 2026
Advertisement
އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވުގެ ވާހަކައަކީ ކުލަ ނުވާނެ ހުވަފެނީ ވާހަކައެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވުގެ ވާހަކައަކީ ކުލަ ނުވާނެ ހުވަފެނީ ވާހަކައެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވުގެ ވާހަކައަކީ ކުލަ ނުވާނެ ހުވަފެނީ ވާހަކައެއް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2026, 01:54 PM
މާލެ ސިޓީ

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ދަތި ކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއީޒު ވިދާޅުވި ވާހަކައަކީ އެއީ ކުލަނުވާނެ ހުވަފެނީ ވާހަކައެއްގެ ގޮތުގައި، މާލޭގެ މޭޔަރު ކަމަށް ނުކުމެވަޑައިގެން ހުނެނެވި ގައުމީ ކެންޑިޑޭޓު އިސްމައިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ ރިޒާވާ ގުޅިގެން ދެއްކެވި ބައެއް ވާހަކަތަަކަށް އިޝާރާތްކުރައްވާ މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓެއް ހިއްސާ ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި،  ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދީ ގޮތުން ނުވާނޭ ކަމެއްގެ ވާހަކަފުޅެއް ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު އެ ވިދާޅުވާ ގޮތަށް މަސައްކަތް ނިންމުމަށް 550 - 900 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އަދި އެއީ ދިވެހި ރާއްޖޭގެ އިގްތިސާދުގެ 9 އިންސައްތަ ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، އަހަރު ދުވަހުގެ ތެލަކީ ލަފާ ކުރެވޭ ގޮތުގައި 400 މިލިޔަން ޑޮލަރު ކަމުގައި ވާއިރު މި ވަރުގެ ބޮޑު އަދަދެއް ތެލުގެ ސިފައިގާ ބަންދުކޮށްލުމަކީ ނުހަނު ދަތިކަމެއްކަމަަށެވެ.

އެހެންކަމުން އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވާ އެ ވާހަކަ ފުޅަކީ ކުލަނުވާނެ ހުވަފެނީ ހިޔާލީ ވާހަކައެއް ކަމަށާ އަދި އެއީ ވިދާޅުވާން ފަސޭހަ، އެހެން ނަމަވެސް ކުރައްވަން ދަތި ކަމެއް ކަމުގައި ވެސް ޒަރިޔަންދު ވަނީ ފާހަގަކުރައްވާފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ފަދަ މުހިންމު ވަސީލަތެއްގެ ގޮތުގައި ތެލުގެ ރިޒާވެއް އޮތުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ރިޒާވްއެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށެވެ. އަދި މިއީ ކުރިއަށް މިދާ މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ދަތި ކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރެވޭ ކަމެއް ކަމަށާއި އެކަމަށް ބޭނުންވާ ދިރާސާތައް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved