March 19, 2026
Advertisement
ހިތަދޫ ދެކުނު ދާއިރާ މެމްބަރު ނާޒިލް
ހިތަދޫ ދެކުނު ދާއިރާ މެމްބަރު ނާޒިލް / -

ބަޣާވާތްކުރި ކަމަށް ބުނަނީ ސަރުކާރަށް ގޯސް ހެދުމުން ދެބޯގެރި ދުއްވަންކަމަށް ނާޒިލް ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 29, 2024, 02:07 AM
މާލެ ސިޓީ

ރައްޔިތުންގެ ބޭންކް ބީއެމްއެލް އިން ބަޣާވާތްކުރި ކަމަށް ބުނަނީ ސަރުކާރަށް ގޯސް ހެދުމުން ދެބޯގެރި ދުއްވަންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

Advertisement

ނާޒިލް މިފަދައިން ވިދާޅުވި އަންގާރަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ސަރުކާރުގެ ފުލް މެޖޯރިޓީ ބޭނުންކޮށްގެން މަޖިލީހުން ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރީ ވެސް ސަރުކާރުން ހަދާ މާލީ ގޯސްތަކާއި ގުޅިގެން ކަމަށް ވެސް ނާޒިލް ވަނީ ތުހުމަތުކުރައްވާފަ އެވެ.

މާލީ ކަންކަން މެނޭޖްކުރުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭނގި ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ނާޒިލް ވަނީ މިއީ ނާގާބިލް ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭ ކަމަށާއި ފެންނަނީ ފެއިލްވަމުންދާ މަންޒަރުކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ ބީއެމްއެލް އާއި މެދު އެފަދަ ތުހުމަތުތަކެއް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސް، އެ ބަދަލުތައް އިއުލާނުކުރީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. ރުފިޔާ ކާޑުން ޑޮލަރު ނުލިބޭ ގޮތް ބީއެމްއެލް އިން ހެދުމާ ގުޅިގެން ސީދާ ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved