April 15, 2026
Advertisement
ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާން، އެމްޑީޕީއިން ސިފަކުރީ "ކުލަ ނެތް ކޮޕީ"އެއްގެ ގޮތުގައި!
ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާން، އެމްޑީޕީއިން ސިފަކުރީ "ކުލަ ނެތް ކޮޕީ"އެއްގެ ގޮތުގައި! / -

ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާން، އެމްޑީޕީއިން ސިފަކުރީ "ކުލަ ނެތް ކޮޕީ"އެއްގެ ގޮތުގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2026, 02:34 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނަކީ، "ކުލަ ނެތް ކޮޕީ"އެއްގެ ގޮތުގައި އެމްޑީޕީއިން ސިފަކޮށްފިއެވެ.

Advertisement

އެ ޕާޓީއިން މިފަދައިން ސިފަކޮށްފައިވަނީ، ރައީސް މުއިއްޒު މި އަހަރަށް އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބުދެމުންނެވެ.

ރިޔާސީ ބަޔާނަށް ޖަވާބުދެމުން އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފެނިގެންދާ އެންމެ ނާގާބިލު ސަރުކާރުގެ ގޮތުގައި ސިފަކުރައްވާފައެވެ.

 ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާ އިބްރާހީމް ނާޒިލް ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާ މިންވަރަށް މިއަހަރުގެ ބަޔާން ފުރިހަމަނުވާ ކަމަށާއި، ގައުމުގެ ހަގީގީ ހާލަތާއި އެ ހާލަތުން އަރައިގަންނާނެ ގޮތްތަކެއް އެ ބަޔާނުން ފެންނަން ނެތް ކަމަށެވެ. 

ހަމައެހެންމެ އެ ބަޔާނަކީ ނިމިދިޔަ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ވާހަކަ އަލުން އައު ގޮތަކަށް އަތުރާ އިއްވި "ކޮޕީ" ބަޔާނެއްގެ ގޮތުގައި ފާހަގަކުރައްވާ ނާޒިލު ވިދާޅުވެފައިވަނީ، މި އަހަރުގެ ރިޔާސީ ބަޔާނަކީ، 2025 ވަނަ އަހަރުގެ ބަޔާނުގެ "ކުލަނެތް ކޮޕީއެއް" ކަމަށެވެ.

ހަމައެހެންމެ މިދިޔަ އަހަރު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަންކަން ފުރިހަމަވެފައި ނުވާއިރު، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ އައު މަޝްރޫއުތަކެއްގެ ތަފްސީލު ވެސް ބަޔާނުގައި ހިމަނާފައި ނުވާކަން ފާހަގަކުރައްވާ ނާޒިލް ވަނީ އެއީ ސަރުކާރުގެ ހިންގުންތެރިކަމެއް ނެތްކަމުގެ ފުރިހަމަ ދަލިލެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved