March 23, 2026
Advertisement
ވެއްޓިފައިވާ ބޯޓު
ވެއްޓިފައިވާ ބޯޓު / ސޯޝަލް މީޑިއާ

އިންޑިއާ ސިފައިންގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 3, 2024, 04:15 PM
މާލެ ސިޓީ

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

Advertisement

ރާޖަސްތާނުގެ ބާޑްމޭރު ކައިރިއަށް ވެއްޓިފައި މިގް-29 މަރުކާގެ ފައިޓާ ޖެޓެކެވެ. އެ ބޯޓު ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.

މި ހާދިސާގައި ބޯޓު ދުއްވަން އިން ޕައިލެޓް ސަލާމަތްވެފައިވާއިރު، ވެއްޓުނު ސަަރަހައްދުން އެއްވެސް މީހަކަށް އަދި މެޓީރިއަލް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިންޑިއާ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ބާޑްމޭރު ސަރަހައްދުގައި ރޫޓިން ނައިޓް ޓްރެއިނިން މިޝަނެއްގެ ތެރޭގައި އައިއޭއެފްގެ މިގް-29 މަރުކާގެ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ޕައިލެޓަށް ޖެހުނީ ބޯޓު ދޫކޮށްލަން. ޕައިލެޓް ސަލާމަތްވި އިރު އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބޭ. ކޯޓް އޮފް އިންކުއަރީއެއް ހިންގަން ވަނީ އަންގާފައި،". އިންޑިއާގެ އެއާފޯސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ސިޓީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަރެންދުރަ މީނާ ޕީޓީއައިއަށް ވިދާޅުވީ މަތިންދާ ބޯޓު ވެއްޓުނީ މިރޭ އެ ސިޓީއަށް ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އާބާދީ ބޮޑު ސަރަހައްދަކާއި ދުރުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved