March 23, 2026
Advertisement
ހާދިސާގެ ތެރެއިން
ހާދިސާގެ ތެރެއިން / ސޯޝަލް މީޑިއާ

އިންޑިއާގައި އިމާރާތެއް ވެއްޓި 8 މީހަކު މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 9, 2024, 02:25 PM
މާލެ ސިޓީ

އިންޑިއާގެ ލަކްނޯ ސިޓީގެ ތިން ބުރީގެ އިމާރާތެއް ވެއްޓި އެ އިމާރާތުގެ ބައިތަކުގެ ތެރެއިން އަށް މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

Advertisement

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)ގެ ނިއުސް އެޖެންސީން ވަނީ ސްޓޭޓް ރެސްކިއު ޓީމްތަކުން ހަށިތައް ހޯދުމުގެ ބަރު މެޝިންތަކާއެކު މަސައްކަތް ކުރަމުންދިޔަ އިރު ނަގާފައިވާ ފޮޓޯތަކެއް އާއްމުކޮށްފައެވެ.

ގުދަނެއްގެ ގޮތުގައި އާއި ވެހިކަލް ވޯކްޝޮޕެއްގެ ގޮތުގައި ގިނަ ކުންފުނިތަކުން ބޭނުންކުރަމުން އައި އެ އިމާރާތް ވެއްޓުނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.

އޮފިޝަލުންނާ ހަވާލާދީ ޕީޓީއައި އިން ބުނީ އެ އިމާރާތުގެ ބައިތަކުގެ ތެރެއިން އަށް މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށާއި، 28 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ވެއްޓުނު އެ އިމާރާތުގެ ބައިތަކުގެ ތެރޭގައި އަދިވެސް ތާށިވެފައި ތިބި ކަމެއް ސާފެއް ނުވެއެވެ.

އިމާރާތް ވެއްޓުމަށް މެދުވެރިވި ސަބަބެއް ނޭނގުނު ނަމަވެސް، އިންޑިއާގައި އިމާރާތްތައް ވެއްޓުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved