March 19, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / ސީ.އެން.އެން

ހިޒްބުالله އަށް ދިން ނުރައްކާތެރި ހަމަލާތަކުން 37 ފުރާނަ ގެއްލިއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 20, 2024, 12:09 AM
މާލެ ސިޓީ

ލުބްނާންގެ ހިޒްބުاللهގެ މެމްބަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު، މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ޕެޖަރުތައް އެއްފަހަރާ ގޮއްވާލައި، ބުދަ ދުވަހު ވެސް ވަނީ އެފަދަ ގޮތަކަށް ވޯކީޓޯކީތައް ގޮއްވާލާފަ އެވެ.

Advertisement

ބިރުވެރިކަމާއި ހިތާމައިގެ އަސަރު މިހާރު ލުބުނާންގައި އުފެދިފައިވާއިރު، ހަމަލާތައް ދެވުނީ ކިހިނެއްކަމާއި، އެ ޑިވައިސްތައް އައީ ކޮންތަނަކުންކަމާއި، މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް ވެއްޓިދާނެކަމާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ލުބުނާނުގެ އޮފިޝަލުން ސަހްޔޫނީންނަށް ތުހުމަތުކުރާ މި ހަމަލާތަކުގައި ކުޑަކުދިންނާއެކު 37 މީހުން ވަނީ މަރުވެފައެވެ. އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާއިރު، މުވާސަލާތީ ވަސީލަތްތައް ޖީބުގައި ނުވަތަ މޫނުގައި ގޮވުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ސަހްޔޫނީން ފާޅުގައި ހަމަލާއާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދަމުން އަންނައިރު، ބުދަ ދުވަހު އެ ޖަމާއަތުން ވަނީ ހަނގުރާމައިގެ "އާ ޒަމާނެއް" ފަށައި، އެ ޖަމާއަތުގެ ދައުރު ސިއްރުން ބަލައިގަންނަ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved