March 23, 2026
Advertisement
އެމްޕޮކްސް ޖެހިފައިވާ މީހެއް
އެމްޕޮކްސް ޖެހިފައިވާ މީހެއް / ސޯޝަލް މީޑިއާ

އިންޑިއާއިން އެމްޕޮކްސް ބަލި ފެނިއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 25, 2024, 07:34 AM
މާލެ ސިޓީ

ނުރައްކާތެރި އެމްޕޮކްސް ވައިރަހުގެ ސްޓްރެއިން އެއް އިންޑިއާ އިން ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތް އިދާރާއިން ބުނެފިއެވެ.

Advertisement

މި ބަލި ފެނިފައިވަނީ އިންޑިއާގެ ކެރެލާއިން ކަަމަށާއި މި ބައްޔަށް ފައްސިވެފައިވަނީ އުމުރުން 38 އަހަރުގެ އެ ފިރިހެން މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މީހާގެ ގައިން އެމްޕޮކްސްގެ މި ވައްތަރު ފެނިފައިވާއިރު، ހަލުވިކަމާއެކު ފެތުރެމުންދާ މި އާ ސްޓްރެއިން ފެނުނު އޭޝިއާގެ ފުރަތަމަ ގައުމަކީ ތައިލެންޑްގެ ބެންކޮކެވެ.

މިހާރު ފެތުރެމުންދާ ވޭރިއަންޓް ވަރަށް ފަސޭހައިން ފެތުރޭއިރު، މި ބަލި ޖެހިފައި ހުންނަ މީހަކާއި މާބޮޑަށް ގާތް ވުމުންނާއި ހުރިހާ ބާވަތެއްގެ ޖިންސީ ހަރަކާތެއްގެ ތެރެއިން ވެސް މި ވޭރިއަންޓް ފެތުރެއެވެ.

އިންޑިއާ އަކީ ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެއް ކަމުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތައްވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެން ދަތުރުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved