ޖުޑިޝަރީ އަށް އަތް ބޭނުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފޮރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ތުލުސްދޫ ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަހުމަދު ޝާމިލް ގޮވާލައިފިއެވެ.
ޝާމިލް މިފަދައިން ގޮވާލާފައިވަނީ ބުދަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދިން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދަށްކަވަމުންނެވެ.
ޝާމިލް ވިދާޅުވީ ސަރުކާރަށް މިގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރާކަށް ނޫން ކަމަށާއި މި ގޮވާލަނީ ޖުޑިޝަރީގައި މިއޮތް އެންމެ ފަހުގެ ހުކުމް އަވަސް ކުރުމަށް ކަމަށާއި އަދި މީގެ އިތުރުން ޖުޑީޝަރީއަށް އަތް ބޭނުން ހުއްޓާލުމަށް ކަމަށެވެ.
މި ސަރުކާރަށް އަޅުގަނޑު ގޮވާލާނީ ރައީސް ޔާމީން މިނިވަން ކުރާކަށް ނޫން. އަޅުގަނޑު ގޮވާލާނީ ޖުޑިޝަރީގަ މިއޮތް އެންމެ ފަހުގެ ހުކުމް އަވަސް ކުރުމަށް. ޖުޑިޝަރީ އަށް ތިބާނާ އަތް ބޭނުން ހުއްޓާލުމަށް
މީގެ އިތުރުން ޝާމިލް ވިދާޅުވީ ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ހުރިހާ ބޭފުޅުންނަށް ވެސް ގޮވާލަފައެވެ.
ޝާމިލް އަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މިހާތަނަށް ތުލުސްދޫ ދާއިރާ އަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އަލަށް ތުލުސްދޫއަށް ނިސްބަތްވާ ބޭފުޅަކު ވާދަކުރައްވާ ފުރަތަމަ ފަހަރު ކަންވެސް ފާހަކޮށްލެވެއެވެ.