April 30, 2026
Advertisement
ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް
ފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް / ސީ.އެން.އެން

މަހްމޫދު އައްބާސް ފޯނުކޯލެއް ކުރައްވާ ޓްރަމްޕަށް މަރުހަބާ ވިދާޅުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 9, 2024, 09:50 PM
މާލެ ސިޓީ

އެމެރިކާގެ އިންތިހާބީ-ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުއްވާ މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހާމަކުރައްވައިފި އެވެ.

Advertisement

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮތް ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް އައްބާސް ފޯނުކުރައްވައި ދެއްކެވި ވާހަކަތަކުގައި މެދުއިރުމަތީގެ ހާލަތަށްވެސް އަލިއަޅުވާލެއްވި އެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިޔާއިން ބުނީ, ފަލަސްތީނުގައި ދެމެހެއްޓިވި ގޮތެއްގައި ސުލްހަ ގާއިމު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގަ އެވެ. އަދި, ހަމަހަމަ ގޮތެއްގައި, އަދި ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ ގާއިމު ކުރަން ޓްރަމްޕާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަން އައްބާސް ހާމަ ކުރައްވާފައިވާ ކަމުގައި އެ ނޫހުން ރިޕޯޓު ކުރި އެވެ.

ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކެމްޕޭން އެއްވުންތަކުގައި ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ވެރިކަމުގައި ހުންނެވި ނަމަ ގާޒާގައި ހަނގުރާމަ މިހާރު އެ ހިނގާ ޒާތަށް ނުހިނގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ބޭނުންފުޅުވަނީ އާންމު ގޮތެއްގައި ބޭރުގެ ހަމަނުޖެހުންތަކުން އެމެރިކާ ވަކިވުމަށެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް ވަނީ ސަހްޔޫނީން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ނަމަވެސް އެމެރިކާގެ ބައިވެރިޔާގެ ކިބައިން ވަނީ އެ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.

ގާޒާ ހަނގުރާމައިގެ އިތުރުން ޔުކްރޭން ހަނގުރާމަ އަކީ ވެސް ޓްރަމްޕަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އޭނާ ވެރިކަމުގައި ހުންނެވި ނަމަ މިއިން އެއްވެސް ހަނގުރާމައެއް ނުކުރާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved