March 24, 2026
Advertisement
/
/

ނޫސްވެރިންގެ ސުވާލުތަކުން ރައީސް މުއިއްޒު އަނގަ ގަޅި ޖެހި، ޓްރަމްޕުގެ ސަފީރު މީޓިންގ ކެންސަލްކޮށް ފުރައިފި

Yana Shareef
ޔާނާ ޝަރީފް
Mar 24, 2026, 05:30 AM

،އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯރް، ރައީސް މުއިއްޒާ ބައްދަލުނުކުރައްވައި ކުއްލި ގޮތަކަށް ރާއްޖެއިން ފުރާވަޑައިގެންފިއެވެ. ރައީސް މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގެ މަންދޫބު ބައްދަލުކުރަން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ބޮޑާވެގަތް ނަމަވެސް، ދަތުރު ނިންމަވާލެއްވުމަށްފަހު ސާޖިއޯ ކުރެއްވި ޕޯސްޓުގައި ރައީސާ ބައްދަލުވި ކަމުގެ އެއްވެސް އިޝާރާތެއް ކުރައްވާފައެއް ނުވެއެވެ. މީގެ ބަދަލުގައި އޭނާ ބައްދަލުކުރެއްވީ ހަމައެކަނި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާ ކަމަށްވުމީ، ގައުމުގެ އިސްވެރިޔާ "ބާކީކޮށްލި" ކަމުގެ ސާފު ހެއްކެކެވެ.

Advertisement

މި ހާދިސާ ހިނގަން މެދުވެރިވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ނޭނގި، ރައީސް މުއިއްޒު "އަނގަ ގަޅިޖެހި" ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ދުވަހަކުވެސް އިރާނުގެ ދިފާއުގައި ވާހަކަ ނުދައްކަވާ، އަދި އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަވަހާރަވުމުން ތައުޒިޔާ ކިޔަންވެސް ކެރިވަޑައިނުގެންނެވި މުއިއްޒު، ކުއްލިއަކަށް ނޫސްވެރިންގެ ކުރިމަތީގައި އިރާނުން އިސްރާއީލަށް "ރެޔާދުވާލު ބޮން އެޅުމަށް" ބޭނުންވާ ކަމަށް ވިދާޅުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައު ސިއްސުވާލި ކަމެކެވެ. މިއީ ސަރަހައްދީ މަސްލަހަތު ނޭނގި، ހަމައެކަނި ސިޔާސީ މާކްސް ހޯދަން އުޅެނިކޮށް "އަނގަ ގަޅިޖެހުނު" ވަގުތެއް ކަމަށް ބެލެވެއެވެ.

ފޯޅަވަހީގެ މައްސަލައިގައި ޓްރަމްޕުގެ އެހީތެރިކަން ހޯދުމަށް މީގެ ކުރިން ވަރަށް ބޮޑަށް އުޅުއްވި ނަމަވެސް، މިއަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތު ވަނީ މިސްރާބު އޮޅިފައެވެ. އެމެރިކާއަށް ދެއްކި މި ހަރުކަށި ބަސްމަގުގެ ސަބަބުން، ޓްރަމްޕުގެ މަންދޫބު ރައީސް މުއިއްޒާ ބައްދަލުކުރަން ބޭނުންނުވީ ކަމަށް ބެލެވޭއިރު، މިއީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެގެންދާނެ ކަމެއްގެ ފެށުމެވެ. ރައީސް އޮފީހުން މިކަމާ ގުޅިގެން ހަނުހުރުމުން ދޭހަވަނީ، މުއިއްޒަށް ޖެހުނު "އަނގަ ގަޅި" ފޮރުވަން އުޅޭ ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved