March 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއާއެކު މަޝްވަރާކުރާ ކަމަށް ޓްރަމްޕް ބުނާ ވާހަކަ އީރާނުން ދޮގުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 23, 2026, 07:10 PM
މާލެ ސިޓީ

އެމެރިކާ އާ އިރާނާއި ދެމެދު ސިއްރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތައް އީރާނު ސަރުކާރުން ދޮގުކޮށްފިއެވެ. އީރާނުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއީ ބައިނަލްއަގުވާމީ މުޖުތަމައަށް އޮޅުވާލުމަށް ޓްރަމްޕް ދައްކަވާ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ.

Advertisement

އީރާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދެގައުމުގެ ދެމެދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދެއެވެ. މިއީ މަޝްވަރާތަކަކީ "ވަރަށް ރަނގަޅު އަދި އުފެއްދުންތެރި" ވާހަކަތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ސީދާ ފުށުއަރާ ބަޔާނެކެވެ.

އީރާނުގެ ސިޔާސީ މާހިރުން ގަބޫލުކުރާ ގޮތުގައި ޓްރަމްޕް މިފަދަ ވާހަކަތަކެއް ފަތުރަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ކޮންޓްރޯލް ކުރުމަށާއި، އަސްކަރީ ފިޔަވަޅުތަކަށް ތައްޔާރުވުމަށް ވަގުތު ހޯދުމުގެ ސްޓްރެޓެޖީއެއްގެ ދަށުންނެވެ. މަޝްވަރާތަކުގައި ކުރިއެރުން ލިބޭ ކަމަށް ބުނެ އީރާނުގެ ހަކަތަ އިންފްރާސްޓްރަކްޗާއަށް ދޭން ރޭވި ހަމަލާތައް މަޑުޖައްސާލާފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، އީރާނުގެ އެކި މަސްދަރުތަކުން ވަނީ އެއްވެސް މަޝްވަރާއެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިރާނުން އިތުރަށް ފާހަގަކުރި ގޮތުގައި، ސަރަހައްދީ ބައެއް ގައުމުތަކުން މަސްލަހަތު ގާއިމުކުރަން މަސައްކަތް ކުރި ނަމަވެސް، މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ޒިންމާ އީރާނުން ނުނަގާނެއެވެ. އަދި ހަމަނުޖެހުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އަމާޒުކުރަންޖެހެނީ އެމެރިކާއަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved