March 23, 2026
Advertisement
ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަބްދުއް ސަމަދު
ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަބްދުއް ސަމަދު / މިސްބާހް | ތޭރަ އިމޭޖްސް

ޒުވާނުންނަށް ހާއްސަކޮށްގެން ރޭސިން ޓްރެކްއެއް ގާއިމު ކުރުމަށް މަސައްކަތް ކޮށްދޭނަން: އަބްދުއްސަމަދު

Fathmath Reem
ފާތުމަތު ރީމް
Feb 4, 2024, 06:02 AM
މާލެ ސިޓީ

ޔޫތުންނަށް ހާއްސަ ކޮށްގެން ރޭސިން ޓްރެކްއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕިޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް )ގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަބްދުއް ސަމަދު ( ސަމަދުބެ ) ވިދާލުވެއްޖެއެވެ.

Advertisement

އަބްދުއް ސަމަދު މިފަދައިން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ޕީއެންއެފްގެ ފަރާތުން މަޖިލިސް އިިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއް ސަމަދު ވިދާޅުވީ ޒުވާނުންގެ ތެރޭގައި ރޭސިންއަށް ލޯބި ކުރާ ކުދިން ވަރަށް ގިނަ ކަމަށާއި އެގޮތުން އެކުދިންނަށް ރޭސިން ޓްރެކް އެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ރޭސިން ބޭނުންވާ ކުދިން ޒުވާނުން އެބަތިބި. ރޭސިން ޓްރެކްއެއް ގާއިމު ކުރުމަށް ސަމަދުބެ މަސައްކަތް ކޮށްދޭނަން

އަބްދުއް ސަމަދު

މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ޒުވާނުން ތިބުމަށްޓަކައި ކުޅިވަރު އެކަޑަމީތަށް ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޒުވާނުންނަށް ދަތިވެފައި ހުރި ކަންކަމުގައި ވަކާލާތު ކޮށްދޭނެ ކަމަށް ވެސް އަބްދުއްސަަމަދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved