March 23, 2026
Advertisement
ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަބްދުއް ސަމަދު
ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަ ކުރަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަބްދުއް ސަމަދު / މިސްބާހް | ތޭރަ އިމޭޖްސް

މި ގައުމުގެ ވެރިޔާ މި ގަައުމަށް ފައިދާއަށް އެދޭނެ ކަމަށް އިތުބާރެއް ނުކުރަން: ސަމަދު

Fathmath Reem
ފާތުމަތު ރީމް
Feb 27, 2024, 04:07 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ވަލީއުލް އަމްރު ރައްޔިތުންނަށާއި މި ގައުމަށް ފައިދާ އެއް ހޯދައިދިނުމަށް އެއްވެސް ކަމެއް ކޮށްފާނެ ކަމަށް ގަބޫޮލް ނުކުރާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ފަރާތުން ރައްޔިތުން މަޖިލީސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުއް ސަމަދު (ސަމަދުބެ) ވިދާޅުވެއްޖެއެވެ.

Advertisement

ސަމަދުބެ މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދިން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ސަމަދުބެ ވިދާޅުވީ ގަައުމުގެ ވަލީއުލް އަމްރު ރައްޔިތަކަށް ހެވާ ލާބައަށް އަދި މި ގައުމަށް ފައިދާ އަކަށް އެއްވެސް ކަމެއް ކޮށްފާނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

މިހާރު އަޅުގަނޑުމެން އެއްވެސް އިތުބާރެއް ނުކުރަން މިއަދު ގަުމުގަ މިހިރަ ވަލީއުލްއަމްރު ރައްޔިތަކަށް ހެވާ ލާބައަށް، މި ގައުމަށް ފައިދާ އަަކަށް އެއްވެސް ކަމެއް ކޮށްފާނެ ކަމަކަށް

ސަމަދުބެ

މީގެ އިތުރުން ސަމަދުވެ ވިދާޅުވީ ރައީސް ޔާމީން އަށް އިހާނާތްތެރި ވި މީހަކު އާންމު ފަރުދަކަށް އިހާނާތްތެރިވާކަށް ފަސްނުޖެހޭނެ ކަމަށެވެ.

މި ގައުމުގެ ދިފާއުގައި އަދި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ މުއިއްޒު އަމަލުތައް ބައްޓަން ނުކުރައްވާތީ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ކެންޕޭން ދުވަސްވަރު ރައްޔިތުންގާތު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވުމާ ގުޅިގެންވެސް ރައްޔިތުން ގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved