March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޔޫކްރެއިންއިން އެމެރިކާއިން ފޯރުކޮށްދިން ދުރު ރާސްތާ މިސައިލްތައް ރަޝިޔާއަށް ފޮނުވާލައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 20, 2024, 05:23 AM
މާލެ ސިޓީ

ޔޫކްރެއިންއިން އެމެރިކާއިން ފޯރުކޮށްދިން ދުރު ރާސްތާ މިސައިލްތައް ރަޝިޔާއަށް ފޮނުވާލައިފި ކަމަށް އެ ގައުމުން ބުނެފިއެވެ.

Advertisement

ރަޝިޔާއިން ބުނީ އެމެރިކާއިން ފޯރުކޮށްދޭ ދުރު ރާސްތާގެ މިސައިލްތައް ޔޫކްރެއިންއިން އެގައުމަށް ފޮނުވާލާފައިވަނީ އެފަދަ ހަމަލާތައް ދިނުމަށް ވޮޝިންޓަނުން ހުއްދަ ދިންތާ އެއް ދުވަސް ފަހުން ކަމަށެވެ.

ރަޝިއާގެ ބްރަޔަންސްކް ސަރަހައްދަށް މިއަދު ހެނދުނު ދިން ހަމަލާގައި ޔޫކްރެއިން އިން ބޭނުންކުރީ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އެޓަކްމްސް) ކަމަށް މޮސްކޯގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

އަދި ފަސް މިސައިލް ވައްޓާލައި އެއް މިސައިލް ހަލާކުވެފައިވާއިރު، އޭގެ ބައިތަކުގެ ސަބަބުން އެ ސަރަހައްދުގެ އަސްކަރީ މަރުކަޒެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ހަމަލާއަކީ ރަޝިއާގެ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ސަރަހައްދަށް ދުރު ރާސްތާގެ މިސައިލްތައް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށާއި މިއީ ޔޫކްރެއިންއަށް އެޓަކަމްސް ރަޝިއާއަށް ފޮނުވާލުމުގެ ހުއްދަ އޮތް ކަމުގެ އިޝާރާތެއް ވޮޝިންޓަނުން ދިންތާ ކުޑަ އިރުކޮޅެއް ފަހުން ދިން ހަމަލާއެކެވެ.

މި މިސައިލްތަކުގެ ސަބަބުން 300 ކިލޯމީޓަރު (186 މޭލު) ގެ ރޭންޖަކަށް އަމާޒުތަކަށް ހަމަލާދެވިދާނެ ކަމަށާއި އެ މިސައިލްތައް ހުއްޓުވަން އުނދަގޫވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved