February 22, 2026
Advertisement
އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރު ބާލާސުބްރަމާނިއަން.
އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރު ބާލާސުބްރަމާނިއަން. / އިންޑިއަން އެކްސްޕްރެސް

އިންޑިއާ އިން ރާއްޖެއަށް އައު ސަފީރެއް ހަމަޖައްސަނީ، ނަމަކީ ބާލާ ސުބްރަމާނިއަން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 26, 2024, 12:22 AM
މާލެ ސިޓީ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ޖީ ބާލާސުބްރަމާނިއަން ހަމަޖައްސައިފި އެވެ.

Advertisement

މި މަގާމުގައި ކުރިން ހުންނެވީ، މުނޫ މަހާވަރެވެ. އޭނާގެ ދައުރު މި މަހު ހަމަވާނެ އެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރު އެވެ.

ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ. އޭނާ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނިގޮތުގައި ބާލާސުބްރަމާނިއަމް ވަރަށް އަވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކާ އޭނާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved