March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ދީނުގެ އަސާސުތަކަށް ގޮން ޖަހާ ސަމޯއާ އެގްރިމެންޓުގައި ސޮއިކުރި ފުރަތަމަ ސަރުކާރަކީ މިއީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 16, 2024, 08:12 PM
މާލެ ސިޓީ

ދީނުގެ އަސާސުތަކަށް ގޮން ޖަހާ ސަމޯއާ އެގްރިމެންޓުގައި ސޮއިކުރި ފުރަތަމަ ސަރުކާރަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުކަން ރައީސް އަބްދުﷲ ޔާމީން ފާހަގަކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ މި ދައުރު ނިންމާލެވުނީ ކާމިޔާބުކަމާ އެކީ ކަމަށާ އަދި ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފުކަމެއް ނުކުރާ ކަމަށް މަޖިލީހުގެ ރައީސް އަދުރޭ ހާމަކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނާ ޚިލާފުކަމެއް ނުކުރެއޭ ބުނަން އަދުރޭއަށް ވެސް ނުކެރުނު ކަމަށާ އެގޮތުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގައި ހިނގަން ވާނީ އިސްލާމީ ޝަރީއަތްކަމަށް ބަޔާންކޮށްފައިވާއިރު އެ ދީނުގެ އަސާސްތަކާ ޚިލާފު އެތައްކަންކަން ހިމެނޭ މުއާހަދާއެއްގައި ސޮއިކޮށް ދީނަށް ގޮންޖަހައިފާކަން ރައިސް ޔާމީން ފާހަގަކުރެއްވިއެވެ.

އިސްލާމުދީނުގެ އަސާސުތަކަށް ގޮން ޖަހާލާފައި މުއާހަދާއެއްގައި ސޮއިކުރި ހަމައެކަނި ދިވެހި ސަރުކާރަކީ މިއީ. ‏ސަމޯއާ އެގްރީމެންޓަކީ އިސްލާމް ދީނުގެ މައިގަނޑު މަސްދަރުތަކަށް ގޮންޖަހާފައި ހަދާފައި އޮތް އެގްރީމެންޓެއް

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަން ސަރުކާރުން ކުރަމުން ގެންދާއިރު އެކަންކަން ހުއްޓުވާ ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ނަމަވެސް އެ ޒިންމާ މަޖިލީހުން މިއަދު އަދާ ނުކުރާ ކަމަށާ މެމްބަރުން ތިބީ ގޮނޑި ގެއްލިދާނެތީ ސަރުކާރާ ދެކޮޅަށް ބަހެއް ބުނަން ނުކެރިފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved