June 7, 2026
Advertisement
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ، ވަރަށް ފޯރިގަދަވާނެ!
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ، ވަރަށް ފޯރިގަދަވާނެ! / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ، ވަރަށް ފޯރިގަދަވާނެ!

Jun 7, 2026, 12:58 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއއެންގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް 07 ޖޫން ވާ(އާދިއްތަ ދުވަހުގެ ރޭ) މިރޭ 8:45 ގައި އޮންނާނެ ކަމަށާ ޤައުމުދެކެ ލޯބިވާ ބޭފުޅުންނަށް ޖަލްސާއަށް ދަޢުވަތު އަރުވާ ކަމަށެވެ.

މިރޭގެ ޖަލްސާ ވަރަށް ފޯރިގަދަވާނެ ކަމަށާ ޖަލްސާގައި ބައިވެރިވުމަށް ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާފައި ހުންްނަ ޕީއެންއެފްގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުން އެދި މަލީހު ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިއްމު ބޭނުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved