
އެއްވެސް ކަމެއް އެއް މުސްލިމު އަޚާ އަނެއް މުސްލިމު އަޚާއަށް ތުހުމަތުކޮށް ވާހަކަ ދެއްކެވމކީ އަދި އެކަމެއް އެމީހެއްގެ ސާބިތުވުމެއް ނޫން ކަމަށް ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓާރ އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މިފަދައިން ވިދާޅުވެފައިވަނީ، އޮންލައިން ނޫހެއް ކަމަށް ބުނާ "އެކި އެމްވީ" އިން ޕީއެންއެފްގެ މީޑިޔާ ގުރޫޕުގައި ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އެގޮތުން އެއް މުސްލިމު އަޚު އަނެއް މުސްލިމު އަޚާއަށް ނިސްބަތްލޮށް މުނާފިގަށް ގޮވުން ޕީއެންއެފުން ސފަކުރަނީ ކިހިނެއްތޯ އެކި އެމްވީއިން ސުވާލުކޮށްފައިވެއެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ޕީއެންއެފްގެ ފަރާތުން އަހުމަދު ވިދާޅުވެފައިވަނީ، މީހަކު މީހަކަށް ކަމެއްގައި ތުހުމަތު ކުރުމަކީ އަދި އެކަމެއް އެމީހެއްގެ މައްޗަށް ސާބިތުވުން ނޫންކަމަށާ އެކަން ދިވެހިރާއްޖޭގައި އަމަަލުކުރަމުން ގެންދާ ފެހި ގާނޫނު އަސާސީގައި ވަރަށް ސަރީޚަކޮށް ބަޔާންވެގެންވާ ކަމަށެވެ.
ހަމައެހެންމެ ވަކި މީހަކީ މުނާފިގެއްގެ ގޮތުގައި މީހަކު ސިފަކުރި ކަމަށް ބުނެ ޚަބަރު ފެތުރުމަކީ މުޖުތަމައުގައި ފިތުނަ އުފެއްދުމުގެ ގޮތުގައި ސިފަކުރައްވާ އަހުމަދު އިތުރަށް ވިދާޅުވެފައިވަނީ، ނަމަވެސް ރައީސް މުހައްމަދު މުއިއްޒު މަކަރު ހަދައިފިއޭ ބުނެވޭނެ ކަމަށާ އެއީ ރައީސް ޑރ މުހައްމަދު މުއިއްޒު، ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި ވިއްކާ، ވީ ހުރިހާ ވައުދުތަކަކާ ޚިލާފުވެފައި ވުމުން ކަމަށެވެ.
ރަސޫލާ (ސއވ)ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވާ ބަސްފުޅެއް ކަމަށްވާ "މަކަރު ހަދާ މީހުންނީ ތިމަން ކަލޭގެފާނުގެ ތެރެއިން ވާ ބައެއް ނޫން" ކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވެފައިވަނީ، އެއީ ކަން އޮތް ގޮތް ކަމަށެވެ.
ސަރުކާރު ޕްރޮމޯޓުކުރާ އެކްއެމްވީއިން މިފަދަ ސުވާލެއް ކޮށްފައިވަނީ، ރއިސް މުއިއްޒަށް މުނާފިގަށް ގޮވައިކަމަށް ތުހުމަތުކޮށް ޕީއެންއެފްގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މިއީ ސީދާ ސަރުކާރު އަޑީގައި އޮވެގެން ނޫސްވެރިން ލއްވާ ކުރުވާ ސުވާލުތަކެއްކަމަށް ވުން އެކަށީގެންވެއެވެ.










