އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް އަވަހާރަވުން / އިންޑިޔާ ޓުޑޭ
ދުނިޔެ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް އަވަހާރަވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޑިސެމްބަރު 2024
މާލެ ސިޓީ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް 92 އަހަރުގައި އަވަހާރަވެއްޖެ އެވެ.

މަންމޯހަން ސިންހް އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށެވެ.

މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 ގެ ނިޔަލަށެވެ.

މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ސިންގް އަވަހާރަވުމާ ގުޅިގެން މޯދީ ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަކީ "އެންމެ ތަފާތު ލީޑަރު" ކަމަށާއި އެއީ އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށްވާ ސިންގް ފާހަގަ ކުރެވެނީ އިންޑިއާ އިގުތިސާދީ ގޮތުން ހުޅުވާލެއްވުމުގެ މޭސްތެރިއާގެ ގޮތުގަ އެވެ.  ސިންހްގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތަކުގެ ތެރޭގައި، އެ ދައުރުގައި ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދެއްވުން ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved