ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސްތެރެ / އޭއެފްޕީ
ދުނިޔެ
ފަތަހަ ޖަމާއަތުން އެކުލަވާލާފައި އޮންނަ ސަރުކާރުން ފަލަސްތީނުގައި އަލް ޖަޒީރާ މަނާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖެނުއަރީ 2025
މާލެ ސިޓީ

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ވާދަވެރި ފަތަހް ޖަމާއަތުން އެކުލަވާލާފައި އޮންނަ ސަރުކާރުން އަލް ޖަޒީރާ މަނާކޮށްފި އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖޭންސީ ވަފާ އިން ބުނެފައިވަނީ ފަލަސްތީނުގެ ސަގާފަތާއި، ދާހިލީ ކަންކަމާއި، މުވާސަލާތީ ވުޒާރާގެ މަންދޫބުން ހިމެނޭ ފަލަސްތީނުގެ މިނިސްޓަރުންގެ ކޮމިޓީ އަކުން، ގަތަރުގައި މައި މަރުކަޒު ގާއިމުކޮށްފައިވާ އަލްޖަޒީރާ މީޑިއާ ނެޓްވަރކްގެ ބްރޯޑްކާސްޓިންގ މަސައްކަތްތައް ފަލަސްތީނުގައި މަނާ ކޮށްފި ކަމަށެވެ.

މީގެ އިތުރުން އަލް ޖަޒީރާ އިން ފަލަސްތީނުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފްވެފައިވާ ކަމަށާއި އެހެންވެ އެތަނުގެ ނޫސްވެރިންނާއި މުވައްޒަފުންނާއި ކްރޫ މެންބަރުންގެ ގާނޫނީ ހައިސިއްޔަތާ މެދު އޮތް ސުވާލު ހައްލުކުރެވެންދެން އެ އެންމެން މަސައްކަތްކުރުން ވެސް ވަނީ ވަގުތީ ގޮތުން މަނާވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ އަލްޖަޒީރާ އިން ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ މައުލޫމާތު ފަތުރައި، ދޮގު މައުލޫމާތު ފަތުރައި، ފަލަސްތީނުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ބައިބައިވުމާއި ހަމަނުޖެހުން އުފެދޭކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ.

ފަތަހް ޖަމާއަތުން އެކުލަވާލާފައި ފަލަސްތީނު ސަރުކާރުގެ މި ނިންމުން ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުން އަންން ހަމާސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހަމާސް ގުޅިގެން އުޅޭ އިސްލާމިކް ޖިހާދުން ވަނީ އެ ނިންމުން ކުށްވެރިކޮށް ވަނީ ބަޔާން ނެރެފަ އެވެ.

ހަމާސް އިން ބުނީ މި އަމަލަކީ ފަލަސްތީނުގެ ބިންތައް ހިފައި ލާއިންސާނީ އަމަލުތައް ހިންގަމުންދާ ސަހްޔޫނީން ނިންމާ ފަދަ ނިންމުމެއް ކަމަށެވެ.

ހަމާސް އިން އެ އިޝާރާތް ކުރަނީ ފަލަސްތީނުގެ ބިންތައް ހިފައި ލާއިންސާނީ އަމަލުތައް ހިންގަމުންދާ ސަހްޔޫނީން އަލް ޖަޒީރާ މަނާކުރުމެވެ. ސަހުޔޫނީން ވަނީ އެތައް ފަހަރަކު އަލްޖަޒީރާގެ އޮފީސްތަކާއި ނޫސްވެރިންނަށް ހަމަލާ ދީފަ އެވެ.

އަދި ސަހްޔޫނީން އެތައް ނޫސްވެރިންނެއް މަރާފައި ވާއިރު އޭގެ ތެރޭގައި އަލް ޖަޒީރާގެ މީހުން ވެސް ހިމެނެ އެވެ.

ސަހްޔޫނީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ސަހްޔޫނީން ސިފައިން ހިންގަމުން ދާ ޖަރީމާތަކުގެ ހަބަރުތައް އެއް ވެސް ސެންސަރުކަމެއް ނެތި ގެނެސްދިނުމުގައި އަލްޖަޒީރާގެ ޗެނަލްތަކުން ހަރަކާތްތެރިވުމަކީ، ސަހްޔޫނީން އަބަދުވެސް ދެކޮޅު ކަމެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved