March 11, 2026
Advertisement
ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ އިސްތިއުފާ ދެއްވުން
ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ އިސްތިއުފާ ދެއްވުން / ފޭސްބުކް

ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ އިސްތިއުފާ ދެއްވަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 7, 2025, 05:26 PM
މާލެ ސިޓީ

އަމިއްލަފުޅު ޕާޓީގެ ޕްރެޝަރު ބޮޑުވެ، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރޫޑޯ ވިދާޅުވީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެ ކަމަށެވެ.

ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމާ އެކު ބޮޑުވަޒީރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

ލިބަރަލް ޕާޓީއާ 2013 ވަނަ އަހަރު ހަވާލުވެވަޑައިގަތުމުގެ ކުރިން، މިހާރު އުމުރުން 53 އަހަރުގެ ޓްރޫޑޯ އަކީ ސިޔާސީ މައިދާނުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ނޫނެވެ. އޭރު ސިޔާސީ ގޮތުން އޭނާއާ އޮތް ގުޅުމެއްގެ ގޮތުގައި އޮތީ ބައްޕާފުޅު ޕިއޭ އެލިއަޓް ޓްރޫޑޯ އަކީ ކެނެޑާގެ އެންމެ މަޝްހޫރު އެއް ބޮޑުވަޒީރަށް ވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރޫޑޯ ވަނީ އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ކެބިނެޓް ވަޒީރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އަދި ބޮޑުވަޒީރުކަން ވަގުތީ ގޮތުން ހަވާލުކުރާނެ ވަޒީރަކާ މެދުވެސް މަޝްވަރާކުރެވުނެވެ.

ކެނެޑާގެ ސިޔާސީ މަޝްރަހުގައި ކުނިޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ޓްރޫޑޯގެ އަމިއްލަ ޒާތީ މަސްލަހަތާ ހެެދި ސަރުކާރު ހިންގުމުގައި ދަތިތަކެއް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

ޓްރޫޑޯއަކީ 1970 އާއި 80 ގެ އަހަރުތަކުގައި އެ ގައުމުގެ ސިޔާސީ މަސްރަހުގައި ވެރިކަން ކުރެއްވި ކެނެޑާގެ ބޮޑުވަޒީރު ޕިއެރޭ ޓްރޫޑޯގެ ދަރިކަލުންނެވެ.

ޓްރޫޑޯ ބޮޑުވަޒީރު ކަމަށް ވެވަޑައިގަތީ 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ލިބަރަލް ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމުންނެވެ. އެ މަނިކުފާނަކީ ކެނެޑާގެ 23 ވަނަ ބޮޑުވަޒީރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved