March 12, 2026
Advertisement
އެޗްއެމްޕީވީ ވައިރަސް
އެޗްއެމްޕީވީ ވައިރަސް / ސީ.އެން.އެން

ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސެއްގެ ސަބަބުން ޗައިނާގެ ހޮސްޕިޓަލްތައް ތޮއްޖެހެނީ!

Hussain Nawaf
ހުސައިން ނަވާފް
Jan 8, 2025, 10:15 PM
ޗައިނާ

ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސެއްގެ ސަބަބުން ޗައިނާގެ ހޮސްޕިޓަލްތައް ތޮއްޖެހި، މޮނިޓަރިންގެ އާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

Advertisement

ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ގެ ނަމުން ނަންދެވިފައިވާ މި ވައިރަސްގެ ކޭސްތައް މި ވިންޓަރގައި ޗައިނާގެ އުތުރުގެ ޕްރޮވިންސްތަކުގައި ޚާއްސަކޮށް ކުޑަކުދިންގެ ތެރޭގައި ވަނީ އިތުރުވެފައެވެ.

ޗައިނާގެ ހޮސްޕިޓަލްތަކުގައި މާސްކް އަޅައިގެން ތިބި މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންމަތިވެ އެކަމާއި ގުޅިގެންދަނީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިއުމަން މެޓަޕްނިއުމޯވައިރަސް ނުވަތަ އެޗްއެމްޕީވީ އަކީ އާންމު ހުން އަދި އިންފްލުއެންޒާ އާއި އެއްފަދަ އަލާމާތްތައް ފެންނަ ނޭވާލާ ނިޒާމުގެ ވައިރަހެކެވެ. އާންމުކޮށް މި ބައްޔަކީ ކުޑަ ބައްޔަކަށް ވިޔަސް، ޚާއްޞަކޮށް ކުޑަ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް ނިއުމޯނިއާ ފަދަ ބޮޑެތި އުދަނގޫތައް ކުރިމަތި ކުރުވާ ބައްެޔެކެވެ.

އެންމެ ފުރަތަމަ 2001 ވަނަ އަހަރު ދެނެގަނެވުނު އެޗްއެމްޕީވީ އަކީ ނޭވާލާ ނިޒާމުގެ ތިކިތަކުގެ ތެރެއިން ނުވަތަ ތަޣައްޔަރުވެފައިވާ ތަންތަނާ ގުޅިގެން ފެތުރޭ އެއް ސްޓްރެންޑެއްގެ އާރްއެންއޭ ވައިރަހެކެވެ. މީގެ ކުރިން ވެސް އިނގިރޭސިވިލާތް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އެޗްއެމްޕީވީ ޖެހިފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި ހުމުގެ އިތުރުން ވަރުބަލިވުން ހިމެނޭއިރު، އިންކިއުބޭޝަން މުއްދަތަކީ ތިން ދުވަހާއި ހަ ދުވަހެވެ. ކޯވިޑް-19 އާ ހިލާފަށް އެޗްއެމްޕީވީއަށް ވެކްސިނެއް ނުވަތަ ވަކި އެންޓިވައިރަލް ފަރުވާއެއް ނެތް ނަމަވެސް ފަރުވާގައި މުހިންމުކަމަކީ އަލާމާތްތައް މެނޭޖްކުރުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved