April 3, 2026
Advertisement
މާފުށި ޖަލު
މާފުށި ޖަލު / އަވަސް

މާފުށީ ޖަލުގައި އަސާސީ ހައްގުތައް ކަނޑާލުމުން ގައިދީން ކުރާ އިހްތިޖާޖުގެ ތެރެއިން ބައިވެރިއެއްގެ ހާލު ދެރަވެ ސިއްހީ ފަރުވާ ދެނީ

Hussain Nawaf
ހުސައިން ނަވާފް
Jan 8, 2025, 10:16 PM
މާފުށި ޖަލު

މާފުށީ ޖަލުގައި އަސާސީ ހައްގުތައް ކަނޑާލުމުން ގައިދީން ކުރާ އިހްތިޖާޖުގެ ތެރެއިން ބައިވެރިއެއްގެ ހާލު ދެރަވެ ސިއްހީ ފަރުވާ ދޭކަން ހާމަވެއްޖެއެވެ.

Advertisement

މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާތާ 48 ގަޑިއިރަށް ވުރެ ގިނަވެއްޖެ އެވެ.

ޗެނަލް13އަށް މައުލޫމާތު ލިބުން ގޮތުގައި މި ހަޅުތާލު ކުރަނީ ހައި ރިސްކް ޔުނިޓުތައްކަމުގައިވާ ޔުނިޓު 2،3 އަދި 4ގައި ބަހައްޓާފައި ތިބި ގައިދީންނެވެ. އަދި އެ ހަޅުތާޅު ފެށީ ކާން ލިބޭ ގަޑީގެ ކުރީގައި އޮންނަ އުސޫލު ބަދަލު ކުރުމަށް އެދިއެވެ. ކޮންމެ ޔުނިޓެއްގައި އެ މަސައްކަތް ކުރުމަށް ވަކި ގައިދީންތަކެއް ތިބޭ ކަމާއި ނަމަވެސް އެމީހުން މިހާރު ތިބީ އެހެންތަނަކަށް ބަދަލުކޮށްފައިކަންވެސް ޗެނަލް13 އަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން ޗެނަލް13 އިން ކަރެކްޝަންސްގެ ބަހެއް ލިބޭތޯ ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފޯނު ނުނެގުމުގެ ސަބަބުން ބަހެއް ލިބޭ ގޮތްވަނީ ނުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved