April 3, 2026
Advertisement
ސައިޕްރިއާ މުވައްޒަފުން އިހުތިޖާޖު ކުރަނީ
ސައިޕްރިއާ މުވައްޒަފުން އިހުތިޖާޖު ކުރަނީ / ސޯޝަލް މީޑިއާ

ސިޕްރިޔާ މެރިން ފުޑްސްގެ މުވައްޒަފުން މުޒާހަރާއަށް ނިކުމެެއްޖެ

Aishath Alaina
އައިޝަތު އަލައިނާ
Jun 25, 2024, 06:06 PM
މާލެ ސިޓީ

ސައިޕްރިއާ މެރިން ފުޑްސްގެ މުވައްޒަފުން މުޒާހަރާއަށް ނިކުމެެއްޖެއެވެ.

Advertisement

އެ ކުންފުނީގެ މުވައްޒަފުން އަންނަނީ އެމީހުންގެ މަސައްކަތައް އުޖޫރަ ނުދިނުމުގެ ސަބަަބުން މުޒާހަރާކުރަމުންނެވެ.

ފޭސްބުކްގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާގައި ހަރާކަތްތެރިވަމުން އަންނަ މަންޒަރު ފެނެއެވެ.

މި ކުންފުނީގެ ދިވެހި މުވައްޒަފުންނަށް 6 މަހުގެ މުސާރަ ނުދީ އޮތް އިރު ބިދޭސީންނަށް 8 މަހުގެ މުސާރަ ނުދީ އޮތް ކަމަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ބުނެފައިއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވަނީ މިފަދައިން އެ ރައްޔިތުން ދިރިއުޅޭނީ ކިހިނެއްކަމާއި މެދު ސުވާލު އުފައްދާފައިއެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ގެދޮރަށް ކަރަންޓު ބިލު ނުދެއްކުމުގެ ސަބަބުން ކަަރަންޓު ކަނޑާލާ ހަމައަށްވެސް އެމީހުންގެ ހާލަތު ގޮސްފައި ވާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved