ބުރިޖަށް އުދަ އަރާފައި / ސަން އޮންލައިން
ހަބަރު
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވޭ: މެޓު އޮފީސް
Hussain Nawaf
ހުސައިން ނަވާފް
15 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ބުނެފިއެވެ.


މިއަދަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އެކި ހިސާބަށް ވިއްސާރަކުރާނެކަަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.

މެޓް އޮފީހުން ބުނީ، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް މެޓުން ހާމަކޮށްފައިވޭ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން 7-4 ފޫޓަށް އަރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށާއި އަދި ދިޔަވަރު ބޮޑުވާ ގަނޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved