March 11, 2026
Advertisement
އިންޑިއާ ޓްރިވެންޑްރަމްގައި އެކްސިޑެންޓެއް ވެފައި
އިންޑިއާ ޓްރިވެންޑްރަމްގައި އެކްސިޑެންޓެއް ވެފައި / ސޯޝަލް މީޑިއާ

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 10, 2024, 07:32 PM
މާލެ ސިޓީ

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ.

Advertisement

އިންޑިއާގެ ކޮޗިންގެ މަގެއްގައި ދުއްވަމުން އައި ދެ ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެފައި ވަނީ އުމުރުން 50 އަހަރާއި 54 އަހަރާއި އުމުރުން 25 އަހަރުގެ ތިން އަންހެނަކަށެވެ.

އިންޑިއާއަށް ބޭހަށް ދިޔަ އެ ތިން މީހުން ތިބި ކާރު އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވީ ޓްރިވެންޑްރެމަށް ދަތުރު ކުރަނިކޮށެވެ. އެ މީހުން ދަތުރު ކުރީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ދެއްކުމަށެވެ.

ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމްއާއި ދެމެދު އޮންނަ ހައިވޭއެއްގައެވެ.

ދިވެހިން ތިބި ކާރުގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރު, ޔޫޓާން ނެގުމަށްފަހު ބާރުސްޕީޑުގައި އައިސް ދިވެހިން ދަތުރުކުރަމުންދިޔަ ކާރުގައި ޖެއްސުމުން ހިނގި މިއެކްސިޑެންޓް ހިނގީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓުގައި އެކެއްގެ ފައި ބިނދުނު އިރު އެކަކު އަދުވެސް އޮތީ ހޭނާރަ އެވެ. އަދި ތިންވަނަ މީހާގެ މޫނުމަތީން ބައެއް ޒަހަމް ވެފައިވާ ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ރ. އަތޮޅު އަލިފުއްޓަށް ނިސްބަތްވާ އެއް އާއިލާއެއްގެ ތިން މީހުންނަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved