ދުންފުހުގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ކުރަމުން / ސޯޝަލް މީޑިއާ
ހަބަރު
ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް އެޗްޕީއޭ އިން އަނެއްކާވެސް އިލްތިމާސްކޮށްފި
Hussain Nawaf
ހުސައިން ނަވާފް
11 ފެބްރުއަރީ 2025

ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ވައި ނުސާފުވެ ރާއްޖޭގެ އެއާ ކޮލިޓީ ލެވެލް ވަަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެއާ ކޮލިޓީ އިންޑެކްސް އޭ ކިއު އައީ އިން ދައްކައެވެ.

އޭ ކިއު އައި އިން ދައްކާ ގޮތުގައި މިއަދު ރާއްޖޭގެ އެއާ ކޮލިޓީ ހުރީ 115 ގައެވެ. އެެއީ ހައި ރިސްކް ފަރާތްތަކަށް އަދި އެހެނިހެން ފަރާތްތަކަށްވެސް ނޭވާލާ ނިޒާމުގެ މައްސަަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ލެވެލެއްކަން ފާހަގަކޮށްލެވެއެވެ.

އެއާ ކޮލިޓީ މި ލެވެލްގައި ހުރުމުން ކޮންމެ މީހަކަށްވެސް ސިއްހީ އަސަރުތައް ކުރިމަތިވާން ފަށައިފާނެއެވެ. އަދި ވަކިން ހާއްސަކޮށް އެޓް ރިސްކް މީހުންނަށް ސިއްހީ ގޮތުން އަސަރުތަކެއް ކޮށްފާނެއެވެ. އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންނާއި، ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ގިނަ ވަގުތު ބޭރުގައި ބުރަކޮށް މަސައްކަތް ކުރުމުން ދުރުހެލިވާން އަދި މުޅިން ދުރުހެލި ނުވެވޭ ނަމަ ގަޑި މަދު ކުރުން މުހިންމުކަމަށް އޭ ކިއު އައިން މައުލޫމާތު ލިބެއެވެ.

އޭ ކިއު އައި ފޯކާޓް، 11 ފެބްރުއަރީ 2025 ގައި

އެޗްޕީއޭ އިން ވައި ނުސާފުވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމު ކަމަށެް މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved