ދުންފުހުގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ކުރަމުން / ސޯޝަލް މީޑިއާ
ހަބަރު
ރާއްޖޭގެ އެއާ ކޮލިޓީ ލެވެލް ދަށަށް ގޮސްފި
Hussain Nawaf
ހުސައިން ނަވާފް
16 ފެބްރުއަރީ 2025

ވައި ނުސާފުވެ ރާއްޖޭގެ އެއާ ކޮލިޓީ ލެވެލް ދަށަށް ގޮސްފައިވާކަން އެއާ ކޮލިޓީ އިންޑެކްސް އޭ ކިއު އައީ އިން ދައްކައިފިއެވެ.

އޭ ކިއު އައި އިން ދައްކާ ގޮތުގައި މިއަދު ރާއްޖޭގެ އެއާ ކޮލިޓީ ހުރީ 110 ގައެވެ. އެެއީ އެޓް ރިސްކް މީހުންގެ ސިއްހަތައް ގެއްލުން ވެދާނެ ފަދަ ލެވެލެއް ފާހަގަކޮށްލެވެއެވެ.

އެގޮތުން އެއާ ކޮލިޓީ މި ލެވެލްގައި ހުރުމުން ސިއްހީ އަސަރުތައް ކުރިމަތިވާން ފެށުން އެކަނށީގެންވެއެވެ. އެގޮތުން ހާއްސަކޮށް އެޓް ރިސްކް މީހުންނަށް ސިއްހީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރުން އެކަށީގެންވެއެވެ.

އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންނާއި، ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ގިނަ ވަގުތު ބޭރުގައި ބުރަކޮށް މަސައްކަތް ކުރުމުން ދުރުހެލިވާން މުހިންމެވެ.

އެއާ ކޮލިޓީ އިންޑެކްސް 16 ފެބްރުއަރީ 2025 ގައި

ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން މީގެ ކުރިން އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން ވައި ނުސާފުވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމު ކަމަށެް އެޗްޕީއޭ އިން ހާމަކޮށްފައެވެ.

ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved