March 12, 2026
Advertisement
ސަހްޔޫނީ ސިފައިންގެ މީހެއް
ސަހްޔޫނީ ސިފައިންގެ މީހެއް / އަނަދޮލޫ

ސަހްޔޫނީ ސިފައިން ނަބްލޫސްއަށް އާ ހަމަލާއެއް ދީފި!

Hussain Nawaf
ހުސައިން ނަވާފް
Feb 18, 2025, 02:43 AM

ސަހްޔޫނީ ސިފައިން ނަބްލޫސް ސިޓީއަށް ހޯމަ ދުވަހު އާ ޙަމަލާއެއް ދީފިއެވެ.

Advertisement

ސަހްޔޫނީންގެ ސިފައިން ނަބްލޫސް އަށް ވަދެ އެ ސަރަހައްދުގެ ބައެއް ގެތައް ބަލައިފާސްކުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އަދި ސަހްޔޫނީ ސިފައިން އެ ސަރަހައްދުން ފައިބައިގެން ދިއުމުގެ ކުރިން ފަލަސްތީނުގެ ވެހިކަލެއް ވެސް ހިފަހައްޓާފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރެއެވެ.

މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ ސަހްޔޫނީ ސިފައިން ނަބްލޫސްއަށް އާދީއްތަ ދުވަހު ވަދެގަތުމުން ފަލަސްތީނުގެ 14 މީހަކު ޒަޚަމްވިތާ ގަޑިއެއްހާއިރު ފަހުން ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

މި ރެއިޑް ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީ ސިފައިން ފަށާފައިވާއިރު މި އަސްކަރީ އޮޕަރޭޝަނުގައި މަދުވެގެން 55 މީހުން ޝަހީދުވެ އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާކަމަށް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

މީގެ އިތުރުން މަސްދަރުތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފަހުން ދިން ހަމަލާގައި ގަވާއިދާ ހިލާފަށް އިސްރާއީލުން ވަޒަންވެރިވި މީހުން ފަލަސްތީނުގެ ގެތަކާއި އުޅަނދުތަކަށް ހިލަ އުކާފައިވެއެވެ.

އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ސަހްޔޫނީ ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 915 މީހުން މަރުވެ ގާތްގަނޑަކަށް 7،000 މީހުން ޒަހަމްވެފައިވާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ނުތަވަސްކަންވަނީ އިތުރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved