March 20, 2026
Advertisement
ރޯދަ މަހުގެ ފުރަތަމަ ދުވަހު 15 އާއި 20 ރުފިޔާ އާ ދެމެދުގެ އަގަށް ގަންނަން ލިބެން ހުރި ކަރާ ކިލޯ މިހާރު ބާޒާރު ގަންނަން ލިބެނީ 25 ރުފިޔާއަށް
ރޯދަ މަހުގެ ފުރަތަމަ ދުވަހު 15 އާއި 20 ރުފިޔާ އާ ދެމެދުގެ އަގަށް ގަންނަން ލިބެން ހުރި ކަރާ ކިލޯ މިހާރު ބާޒާރު ގަންނަން ލިބެނީ 25 ރުފިޔާއަށް / ސަން އޮންލައިން

ކަރާ ވިއްކަމުން އައި އަގު މައްޗަށް ޖެހިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 6, 2025, 01:58 AM
މާލެ ސިޓީ

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ބާޒާރުގައި ވިއްކަން ހުރި އަގުތައް ދަށަށް ދިޔައިރު، ކަރާ ވިއްކަމުން އައި އަގު މައްޗަށް ޖެހިއްޖެއެވެ.

Advertisement

އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހު 15 އާއި 20 ރުފިޔާ އާ ދެމެދުގެ އަގަށް ގަންނަން ލިބެން ހުރި ކަރާ ކިލޯ މިހާރު ބާޒާރު ގަންނަން ލިބެނީ 25 ރުފިޔާއަށެވެ. ރަމަޟާން މަހުގެ ދެ ވަނަ ދުވަހު 25 އާއި 30 ރުފިޔާއަށް ކަރާ ކިލޯ ލިބެން ހުރިއިރު، ތިން ވަނަ ދުވަހާ ހަތަރު ވަނަ ދުވަހާ ދެ ދުވަހު ކަރާ ކިލޯއެއް ވިއްކަމުން އައީ 15 އާއި 25 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ.

ކަރާގެ އަގު އުފުލެމުންދާއިރު، ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކަރާ ނެރޭ އއ. ތޮއްޑޫގެ ދަނޑުވެރިން ބުނާ ގޮތުގައި އެ ރަށުގައި ކަރާ ކިލޯއެއް ވިއްކަމުން ދަނީ 15 އާއި 18 ރުފިޔާ އާ ދެމެދުގެ އަގަކަށް ކަމުގައެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖޭން ބޭރުން ވެސް ގިނަ އަދަދަކަށް ކަރާ އެތެރެކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved