February 27, 2026
Advertisement
ވިޔަފާރިތައް ހުޅުވިފާ ހުންނަ ގަޑިތައް ކަނޑައަޅައިފި
ވިޔަފާރިތައް ހުޅުވިފާ ހުންނަ ގަޑިތައް ކަނޑައަޅައިފި / ސޯޝަލް މީޑިއާ

ރޯދަ މަހު ވިޔަފާރިތައް ހުޅުވިފައި ބެހެއްޓޭނެ ގަޑިތައް އިއުލާންކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 10, 2025, 05:41 PM
މާލެ ސިޓީ

ކުރިއަށް ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ފިހާރަތައް އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައިވާ ބެހެއްޓޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅައިފިއެވެ.

Advertisement

އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނި ގޮތުގައި، މުދާ ވިއްކާ ފިހާރަ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. މީގެއިތުރުން ކެއިން ބުއިމުގެ ޚިދުމަތްދޭ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގެ ވަގުތުގައެވެ.

ޝައްވާލު މަހުގެ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

އެހެންކަމުން 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުގައި ވެސް މި ގަވައިދަށް ރޯދަ މަހު އަމަލުކުރުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނެ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved