March 13, 2026
Advertisement
ރައީސް ޓްރަމްޕް މީޑިއާ އާ ވާހަކަ ދައްކަވަނީ
ރައީސް ޓްރަމްޕް މީޑިއާ އާ ވާހަކަ ދައްކަވަނީ / ނިއުސް ފަރސްޓް

ގާޒާގެ އެންމެން މަރާލާނެ ކަމުގެ އިންޒާރު ޓްރަމްޕު ދީފި

Hussain Nawaf
ހުސައިން ނަވާފް
Mar 6, 2025, 07:33 PM

ހަނގުރާމަ މެދުކަނޑާލަން ވި އެއްބަސްވުމުގައި ވާ ގޮތަށް ހައްޔަރުކޮށްފައިވާ ހުރިހާ އަސީރުން މިނިވަން ނުކޮށްފިނަމަ ސަހްޔޫނީންނަށް ގާޒާ ސުންނާފަތި ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ފޮނުވާނެ ކަމަށް ވިދާޅުވެ ގާޒާގައި އުޅެމުންދާ ހުރިހާ ރައްޔިތުން މަރާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފި އެވެ.

Advertisement

ހަމާސްއާ އެކު ވައިޓް ހައުސްއިން ދަނީ އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގްރޫޕްތަކާ އެކު މީގެކުރިން އެމެރިކާ ސަރުކާރުން ސީދާ މަޝްވަރާތައް ނުބާއްވަ އެވެ.

ގާޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް ޓްރަމްޕު އިންޒާރު ދެއްވި އެވެ. އެ އިންޒާރުތަކާ މެދު ރަނގަޅަށް ވިސްނުމަށް ފަހު ގޮތެއް ނިންމުމަށް ޓްރަމްޕު އެދިވަޑައިގަތެވެ.

ގާޒާގެ ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް އިންތިޒާރުގައި އޮތްއިރު އެކަމަކު އަސީރުން މިނިވަން ނުކޮށް ހިފަހައްޓައިފިނަމަ އެ މުސްތަގުބަލެއް ނެތް. ހިފަހައްޓައިފިނަމަ އެންމެން މަރާލާނެ ކަމަށް ޓްރަމްޕު އިންޒާރު ދެއްވި އެވެ.

ޓްރަމްޕުގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުންދާ ދިވެހިރާއްޖެއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved