March 17, 2026
Advertisement
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން
އައިޑީއެފް އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން / އަނަޑޮލު އަޖަންސި

ހީބްރޮން އިން ފަލަސްތީނުގެ 12 މީހަކު ހައްޔަރުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 13, 2025, 07:17 PM

ސަހްޔޫނީ ސިފައިން ހީބްރޮން އިން ފަލަސްތީނުގެ 12 މީހަކު ބަންދު ކުރި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކުރީގެ ގައިދީންކަން ހާމަވެއްޖެއެވެ.

Advertisement

މަސްދަރުތަކުން ވާފާއަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ސަހްޔޫނީ ސިފައިންވަނީ ހީބްރޮންގެ ބައެއް އަވަށްތަކަށް ވަދެ ކުރީގެ 11 ގައިދީން ހައްޔަރުކޮށްފައެވެ. އެ މީހުން ބަންދުކޮށްފައި ވަނީ އެމީހުންގެ ގެތަކަށް ވަދެ ފޭރިގަނެ، އެމީހުންނަށް އަނިޔާ ކުރުމަށް ފަހު އެވެ.

ހަމަ އެ މަސްދަރުތަކުން އިތުރަށް ބުނެފައިވަނީ މި ބާރުތަކުން އިތުރު ޒުވާނަކު އޭނާގެ ގެއަށް ވަދެ ބަލައިފާސްކުރުމަށްފަހު ހައްޔަރު ކުރިކަމަށެވެ.

ހީބްރޮން ސިޓީގައި ޖެހިޖެހިގެން ހަތަރުވަނަ ދުވަހު ހިފާ ބާރުތަކުން ބޮޑު ހައްޔަރުކުރުމުގެ ކެމްޕޭނެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ގައިދީންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތައް ފެށި ފަހުން ސަހްޔޫނީ ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 930 މީހުން ޝަހީދުވެ ގާތްގަނޑަކަށް 7،000 މީހުން ޒަހަމްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އައިސީޖޭއިން ވަނީ ސަހްޔޫނީން ދިގު މުއްދަތަކަށް ފަލަސްތީނުގެ ސަރަހައްދުތައް ހިފުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ސަހްޔޫނީންނަށް ނިސްބަތްވާ ހުރިހާ އާބާދީއެއް ހުސްކުރުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved