އިމިގްރޭޝަން މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު / ޕޮލިސް
ހަބަރު
އިމިގްރޭޝަން ތެރެއިން ނާޖާއީޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 މާރިޗު 2025
މާލެ ސިޓީ

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހިމެނޭހެން މިހާތަނަށް 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ތ. ބުރުނީ މޫނިމާގޭ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާޢީލް، ގ. ހެޕީ ސައިޑް އުމުރުން 37 އަހަރުގެ އިބްރާހީމް އަޙްމަދާއި ހަމަ އެގޭގެ އުމުރުން 47 އަހަރުގެ ޙަސަން ސަހެޝާނެވެ. މި މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ގ. ލިޓޯނިޔާ އުމުރުން 36 އަހަރުގެ މުޙަައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ރޭގެ ވަގުތެއްގައެވެ.

މި 4 މީހުންގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހުމަދު ލައްސާން މިއަދު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއެވެ. އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ބަލަައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved