theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްއެމްސީޕީ އިފްތިތާހުކުރުމުގެ ތެރެއިން / އިމިގްރޭޝަން
ހަބަރު
ބިދޭސީން އުޅެނީ ގަވައިދާ އެއްގޮތައްތޯ ބެލުމަށް އޮޕަރޭޝަނެއް ފަށައިފި
Faina Faiz
ފައިނާ ފާއިޒް
17 ނޮވެމްބަރު 2025
މާލެ ސިޓީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އުޅެނީ ގާނޫނާއި ގަވައިދާ އެއްގޮތައްތޯ ބެލުމަށް މޯލްޑިވްސް އިމިގްރޭޝަންއިން އޮޕަރޭޝަނެއް ފަށައިފިއެވެ.

“މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލައިންސް ޕްރޮގްރާމް” (އެމްއެމްސީޕީ) އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހްއެވެ.

އެ ކޮމިޝަނުގެ ސީނިއާ މެނޭޖްމަންޓާއެކު، އެންފޯސްމަންޓް އެންޑް ކޮމްޕްލައިންސް ޑިވިޝަންގެ އޮފިސަރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

އެމްއެމްސީޕީގެ އަމާޒަކީ ރާއްޖޭގައި އުޅޭ މީހުން އިމިގްރޭޝަންގެ ގަވާއިދުތަކަށް އަމަލުކުރޭތޯ ބެލުމަށާއި މުޖުތަމައުގެ ސަލާމަތަށް އެހީތެރިވުމަށް ރޫޓިން މޮނިޓަރިން ހަރަކާތްތަކެއް ހިންގުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ދަށުން ގަވައިދާ ޚިލާފަށް އުޅެ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓު ކުރެވޭނެކަމަށްވެސް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގަ އެތައް ބިދޭސީންނެއް އުޅޭ އިރު އަދި މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފަ ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved