April 16, 2026
Advertisement
ބެންކޮކަށް އައި ބިންހެލުން: އެއީ، ގިނަ އަދަދެއްގެ ދިވެހީން އުޅޭ ގައުމެއް --
ބެންކޮކަށް އައި ބިންހެލުން: އެއީ، ގިނަ އަދަދެއްގެ ދިވެހީން އުޅޭ ގައުމެއް -- / އޭއެފްޕީ

މިޔަންމާ އަދި ބެންކޮކަށާ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 28, 2025, 07:45 PM
މާލެ ސިޓީ

މިޔަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

Advertisement

މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމު އިންވެގެން އޮންނަ ޗައިނާގެ އިތުރުން ތައިލެންޑަށް ބިންހެލުމުގެ ލޮޅުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުން އެ ބިންހެލުން އައީ މިޔަންމާގެ ހުޅަނގު އުތުރުން އޮންނަ ބާމޭސް ސިޓީއަށެވެ.

ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ.

މި ގެއްލުންތަކުގެ ސަބަބުން ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފަ އެވެ.

މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved