April 16, 2026
Advertisement
ގާޒާ
ގާޒާ / ރޮއިޓަރސް

ސަހްޔޫނީން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 17،000 އަށް ވުރެ ގިނަ ކުދިން ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 6, 2025, 07:33 PM

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ސަހްޔޫނީން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 17،000 އަށް ވުރެ ގިނަ ކުދިން ޝަހީދުވެފައިވާ ކަމަށް ހާމަވެއްޖެއެވެ.

Advertisement

އަހަރަކު އެއްފަހަރު އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހަށް ބާއްވާ ފަލަސްތީނުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި އަދަދުތަކުން ފަލަސްތީނުގެ ދަރިންނަށް ކުރިމަތިވާ ކާރިސާއާއި ތަކުލީފުގެ މިންވަރު ދައްކުވައިދޭ ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ކުޑަކުދިންނާއި ސްކޫލް ދަރިވަރުންނަށް ފަލަސްތީނުގެ އެންކްލޭވްގައި ސަހްޔޫނީންގެ އިސްތިއުމާރީ ބާރުތަކުން ހައްގުތަކަށް އަރައިގަނެފައިވާ އިރު އެންމެ އަމާޒު ކުރާ ކެޓަގަރީ އަކީ ކުޑަ ކުދިންކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަހްޔޫނީންގެ އިސްތިއުމާރީ ބާރުތަކުން އަދިވެސް ސީދާ ތައުލީމީ ދާއިރާއަށް ހާއްސަކޮށް ޣައްޒާއަށް އަމާޒުކޮށް، އެތައް ސަތޭކަ ސްކޫލަކާއި ތައުލީމީ މުއައްސަސާތަކެއް ފަނާކޮށްލި ކަމާއި ކުދިންނަށް ރަނގަޅު ތައުލީމީ މުސްތަގުބަލެއް ލިބުމަށް ހުރަސް އަޅަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ކުދިންނަށް ތައުލީމުގެ ހައްގުތައް ދިފާއުކޮށް، އެ ކުދީންގެ މުސްތަގުބަލަށް އަމާޒުކޮށްގެން ސަހްޔޫނީ އިސްތިއުމާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް މިނިސްޓްރީން ފަސްނުޖެހޭނެކަމަށް ފާހަގަކޮށްފައިވެއެވެ.

ސަހްޔޫނީން ދިން އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ތައުލީމީ މުޅި އިންފްރާސްޓްރަކްޗާ ނައްތާލައި، ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތަކާއި ޔޫއެންއާރުޑަބްލިއުއޭ އިން ހިންގާ ސްކޫލްތަކާއި ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކުގެ ތެރެއިން ބައެއް ޔުނިވާސިޓީތައްވަނީ ޓެމްޕޮރަރީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved