މެންޓާ އެއާގެ ބޯޓެއް / މަންޓާ އެއާ
ހަބަރު
މަންޓާ އެއަރގައި މުސާރަ ރީސްޓްރަކްޗަރ ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި
Hussain Nawaf
ހުސައިން ނަވާފް
17 އޭޕްރީލު 2025

މަންޓާ އެއަރގައި މުސާރަ ރީސްޓްރަކްޗަރ ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މަންޓާ އެއަރ އިން ދާދިފަހުން ވަނީ މުސާރަ ދޫކުރުމުގެ އިސްލާހުކޮށްފައިވާ ސިޔާސަތެއް ތަންފީޒުކޮށް، މުވައްޒަފުނަށް ލިބޭ އުޖޫރަ %100 ޑޮލަރުން %50 ޑޮލަރު އަދި %50 ރޫފިޔާ އޮނިގަނޑަށް ބަދަލުކޮށްފައެވެ.

މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ ހުރިހާ ކެޓަގަރީއެއްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވެއެވެ.

އެގޮތުން:

• ކެޕްޓަނުންނަށް ގާތްގަނޑަކަށް 18،000 ރުފިޔާގެ ގެއްލުމެއް ލިބޭނެ

• ފަސްޓް އޮފިސަރުންނަށް ގާތްގަނޑަކަށް 3،500 ރުފިޔާގެ ގެއްލުމެއް ލިބޭނެ

• ކެބިން ކްރޫއިން ގާތްގަނޑަކަށް 1،700 ރުފިޔާގެ ގެއްލުމެއް ލިބޭނެ

• ގްރައުންޑް ސްޓާފުންނަށް ލިބެނީ ގާތްގަނޑަކަށް 1،600 ރުފިޔާގެ ގެއްލުމެއް ލިބޭނެ

މި ސިޔާސަތަކީ ދިވެހިންނާއި ބޭރުގެ ގިނަ މުވައްޒަފުންނަށް އަމަލުކޮށްފައިވާ ސިޔާސަތެކެވެ. ނަމަވެސް ބެގޭޖް ހެންޑްލިންގ ރޯލްތަކުގައި މަސައްކަތްކުރާ އިންޑިއާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް މުސާރައިގެ %20 ޔޫއެސްޑީ އިން ލިބޭއިރު ބާކީ %80 ރުފިޔާއިން ލިބެމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި ތަފާތުވުމަކީ ޤައުމިއްޔަތަށް ބަލައިގެން ކުރި ތަފާތު ކުރުމެކެވެ.

މި ޝަރުތުތަކަށް ރައްދުދީ ގިނަ އަދަދެއްގެ ބެގޭޖް ހެންޑްލިންގ ސްޓާފުން ވަނީ ހަޅުތާލެއް ފަށާފައެވެ. ބިނާކުރަނިވި މަޝްވަރާއެއްގައި ބައިވެރިވުމުގެ ބަދަލުގައި ކުންފުނިން ރައްދު ދިނީ ހަރުކަށި އިންޒާރުތަކެއް ދީ ވަޒީފާއިން ވަކި ކުރާނެކަމަށް ބުނެ، ވަޒީފާއާއި ދިރިއުޅުން ގެއްލިދާނެ ކަމުގެ ބިރަށް މުވައްޒަފުންނަށް މަޖުބޫރު ކުރިކަންވެސް ފާހަަގަ ކުރެވެއެވެ.

މިއީ މަންޓާ އެއާގެ ވޯކްފޯސްއާ މެދު އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ކޯޓުތަކާއި ލޭބަރ ޓްރައިބިއުނަލްގައި ވެސް އެ ކުންފުނީގެ މައްސަލަތައް އިތުރުވަމުންދާއިރު، މިއީ ލޭބަރ ޕްރެކްޓިސްތަކާއި މުވައްޒަފުންގެ ހައްގުތަކަށް ފަރުވާކުޑަ ކުރާކަމުގެ ހެއްކެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން އިގްތިސާދީ އިސްލާހުގެ ފުޅާ އެޖެންޑާގެ ދަށުން މި މުސާރަ ރީސްޓްރަކްޗާ ތައާރަފް ކުރި ނަމަވެސް، މިހާރު މުވައްޒަފުންގެ މައްޗަށް އަޅާފައިވާ މާލީ ބުރައަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.

އެހެންކަމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ލޭބަރ ރައިޓްސް އޯގަނައިޒޭޝަންތަކާއި، އިންސާނީ ހައްގުތަކާބެހޭ އިދާރާތަކަށް މި މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެދި ގޮވާލާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved