theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަންތާ އެއާރގެ ފްލައިޓެއްގެ އުދުހެނީ / ސޯޝަލް މީޑިއާ
ހަބަރު
މުސާރައިގެ އެއް ބައި ރުފިޔާއިން ދޭތީ މަންތާގެ ޕައިލެޓުންވެސް އިހުތިޖާޖަށް ނުކުންނަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖުލައި 2025
މާލެ ސިޓީ

މަންތާގެ މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ މުސާރައިގެ 50 ޕަސެންޓު ދިވެހި ރުފިޔާއިން ދެމުންދާތީ އެ ކުންފުނީގެ ޕައިލެޓުން ހިމެނޭހެން ހުރިހާ މުވައްޒަފުން ހަޅުތާލަށް ނުކުންނަން ނިންމައިފިއެވެ.

ނަން ހާމަނުކުރުމަށް އެދި މަންތާ އެއާރގެ ޕައިލެޓުން ހާމަކުރި ގޮތުގައި މުސާރަ ޑޮލަރުން ދެމުން އައިސް މިދިޔަ އެޕްރިލް މަހުން ފެށިގެން މުސާރައިގެ ދެބައިކޮށްފައި އެއްބައި ދިވެހި ރުފިޔާއިން ދޭން ނިންމާފައިވަނީ ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން މަންތާ އެއާއަށް ޑޮލަރުގެ ތާށިކަން ބޮޑުވެގެން ކަމަށް ޓޮޕް މެނޭޖުންމަންޓުން މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް މިއާއެކު ކުރިން ލިބެމުން އައި އާމްދަނީ ބޮޑުތަނުން ދަށްވެ ޕައިލެޓުންނަށް ވަނި އެމީހުންގެ އާއިލާތަކުގެ ހާޖަތުތައް ފުއްދުމަށް އުނދަގޫތަކާ ކުރިމަތިވެފައި ކަމަށްވެއެވެ. އެގޮތުން ގިނަ ޕައިލެޓުންނަކީ އާއިލާތައް ރާއްޖެއިން ބޭރަށް ބަދަލުކޮށްގެން އުޅޭ މީހުންނަށް ވެފައި ދިވެހި ރުފިޔާއިން މުސާރައިގެ ބައެއް ދޭން ފެށުމުން ބައެއް ޕައިލެޓުންނަށް 1000 ޑޮލަރުގެ ގެއްލުންވެސް ވެއެވެ.

ޖުމްލަ 50 ޕައިލެޓުން މަސައްކަތްކުރާ މަންތާގައި 10 ޕައިލެޓުން އުޅޭނީ މެނޭޖުމަންޓު ފަޅީގައެވެ. މި މުވައްޒަފުން ހާމަކުރާ ގޮތުގައި މުސާރަ ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައިވަނީ މުވައްޒަފުންނާ އެކު ކުންފުނިން ހަދާފައި އޮންނަ ކޮންޓްރެކްޓާވެސް ޚިލާފަށެވެ.

އެޕްރީލް މަހު ގެނައި ބަދަލަށް ފަހު މެނޭޖުމަންޓާ ގިނަ މަޝްވަރާތަކެއް ކުރި ކަމަށާއި ނަމަވެސް ކުރިން އޮތް ގޮތަށް މުސާރަ ނުދެވެނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށް ކުންފުނިން އަންގާފައިވާ ކަމަށް ވެއެވެ.

މި ނޫހާ ވާހަކަ ދެއްކި ފަރާތުން ހާމަކުރި ގޮތުގައި ކުރިން މެނޭޖުމަންޓުން ބުނަމުން އައި މުސާރަ ޑޮލަރުން ދޭން އެއްބަސްވާނީ ޓީއެމްއެއޭއިން ވެސް އެ ރޫލު ފޮލޯ ކުރަންޏާ ކަމަށާ ނަމަވެސް ޓީއެމްއޭ އެ ގޮތަށް ނިންމުން މުވައްޒަފުންގެ ޑިމާންޑު އިތުރުވުމުން ވެސް ކުންފުނިން އެގޮތަށް އެއްބަސްނުވިކަމަށެވެ.

މަންޓާގެ ޕައިލެޓުން ހާމަކުރި ގޮތުގައި އިހުތިޖާޖު ކުރުމަށް އަދި ވަކި ތާރީޚެއް ފާސްވެފައިނުވާކަމަށެވެ. އެ ޕައިލެޓުން ހާމަކުރި ގޮތުގައި އިހުތިޖާޖުކޮށް މުޅި އޮޕަރޭޝަންސްއަށް ބުރޫ އެރުވުމަކީ ކުރާ ހިތްވާކަމެއް ނޫނަސް އަމިއްލަ ހައްގުތައް ވެސް ކަށަވަރުކުރަން ޖެހޭނެއެވެ. އެހެންކަމުން ކުންފުންޏަށާ އަދި ރިސޯޓުތަކަށްވެސް މި އެލާޓު ދިނުމަށް ފަހު މުޒާހަރާގެ ތާރީޚު އިއުލާނު ކުރާނެއެވެ.

މަންތާ އެއާރގެ ސީއީއޯއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޓުއަރިޒަމް އެޑްވައިޒަރ މުހައްމަދު ޚަލީލުއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved