April 17, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭޕީ

ޣައްޒާގެ ނާސިރު ހޮސްޕިޓަލްގެ އައިސީޔޫގައި އޮތް 4 މީހުން ޝަހީދުކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Feb 17, 2024, 06:27 PM
ޣައްޒާ

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަދެ، އެ ތަނުން ކަރަންޓާއި ފެން ކަނޑާލުމާ ގުޅިގެން އެ ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ހަތަރު މީހުން ޝަހީދުވެއްޖެއެވެ.

Advertisement

އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ބުނި ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަރަންޓު ނެތުމާއި އޮކްސިޖަން ވަސީލަތްތައް ނެތުމުގެ ސަބަބުން ޝަހީދުވީ ތިން ބަލި މީހުންނެވެ. އޭގެ ފަހުން، ހަތަރު ވަނަ މީހަކު ވެސް އެ ހޮސްޕިޓަލުން ޝަހީދުވެފައިވާ ކަމަށްވެއެވެ.

"މިކަމުގެ ޒިންމާ އިސްރާއީލްގެ އަސްކަރިއްޔާ އިން ފުރިހަމަ އަށް ނަގަން ޖެހޭނެ. އެމީހުންނާ ހެދި ބަލި މީހުންނާއި ސްޓާފުންގެ ފުރާނަ މި ގެއްލެނީ. މި ކޮމްޕެލްކްސް މިހާރު މުޅިން ހެން ކޮންޓްރޯލް ކުރަމުން ދަނީ އެމީހުން،" ޣައްޒާގެ ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ވީ އެންމެ އަވަހަކަށް ނާސިރް ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި ސްޓާފުން އެ ތަނުން ނެރެވޭނެ ގޮތެއް ހެދުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައިފައެވެ. އެ ބަޔާނުގައި ބުނި ގޮތުގައި ދެ އަންހެނަކު ދާދި ފަހުން ވިހެއީ ކަރަންޓެއް، ފެނެއް ނެތިއެވެ.

އިސްރާއީލުން ދަނީ ޣައްޒާގެ ނާސިރް ހޮސްޕިޓަލަށް ވަދެ، އެ ހޮސްޕިޓަލްގެ ތެރޭގައި ޖަރީމާތަކެއް ހިންގަމުންނެވެ. އިސްރާއީލް ސިފައިން ނާސިރް ހޮސްޕިޓަލްގެ ތެރެއަށް ވަދެގަތީ، އެ ހޮސްޕިޓަލްގައި ހަމާސްގެ މުޖާހިދުން ހަރަކާތްތެރިވާ ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved