April 17, 2026
Advertisement
ފަލަސްތީން
ފަލަސްތީން / އަލްޖަޒީރާ

ދިވެހިންގެ އެހީއާއި އެކު ހަދާފައިވާ ނަސްރު ހޮސްޕިޓަލަށް އިސްރާއިލްގެ އެތައް ހަމަލާއެއް

Aminath Raudha
ައަމިނަތު ރައުދާ
Feb 18, 2024, 03:00 AM
ފަލަސްޠީން

ދިވެހީންގެ އެހީގައި ފަލަސްތީނުގައި ބިނާކޮށްފައިވާ ނަސްރު ހޮސްޕިޓަލަށް އިސްރައީލްގެ ނިރުބަވެރި ސިފައިން އެތައް ހަމަލާއެއް އަމާޒުކޮށްފިއެވެ.

Advertisement

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ ނަސްރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ވާރޑް 3 އަކީ ދިވެހީންގެ އެހީގައި 2019 ވަނަ އަހަރު ބިނާކޮށްފައިވާ ތަނެކެވެ.

ނަސްރު ހޮސްޕިޓަލަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަދެ، އެ ތަނުން ކަރަންޓާއި ފެން ކަނޑާލުމާ ގުޅިގެން އެ ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ހަތަރު މީހުންވަނީ ޝަހީދު ވެފައެވެ.

ޣައްޒާއިން އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ހާލަތާއި އަދި ތިބި ތަނެއް ހާމަކުރަން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީންވަނީ ބުނެފައެވެ.އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައަށް 134 ދުވަސް ވެފައިވާއިރު، އިސްރާއީލު ސިފައިން ބަންދުގައި ތިބޭ މީހުންނަށް ނުރައްކާތެރި ޖަރީމާތައް ހިންގާފާނެ ކަމުގެ ބިރު ބޮޑުވަމުންދާ ކަމަށާއި ހާއްސަކޮށް ކުރީގެ ގައިދީންގެ ފަރާތުން އިތުރު ހެކިބަސްތައް ލިބެމުންދާތީ، އެ މީހުންނަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ބައެއް ކަމަށް ބުނަމުންދާ ކަމަށެވެ.

ދިވެހިންދަނީ އެންމެ ކުރިން ފެށިިގެންވެސް ޢައްޒާއަށް އެކި ގޮތްގޮތުން އެހީތެރި ވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved