March 21, 2026
Advertisement
އައީޑީއެފް ވެސްޓް ބޭންކުގައި ހަރަކާތްތެރިވަނީ
އައީޑީއެފް ވެސްޓް ބޭންކުގައި ހަރަކާތްތެރިވަނީ / އަނަޑޮލު އަޖަންސި

ޣައްޒާ ސަހްޔޫނީންގެ ބާރުގެ ދަށަށް ގެނައުމަށް ހަނގުރާމަ ފުޅާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 20, 2025, 02:13 AM
ޣައްޒާ

ޣައްޒާ ސަހްޔޫނީންގެ ބާރުގެ ދަށަށް ގެންދިއުމަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް ހަނގުރާމަ އިހުނަށްވުރެ ފުޅާކުރާކަމަށް ސަހްޔޫނީންގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.

Advertisement

އަލްޖަޒީރާއިން އާންމުކުރި ނަތަންޔާހޫގެ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ ޣައްޒާގެ ހުރިހާ ސަރަހައްދެއް ސަހްޔޫނީންގެ އަސްކަރީ ބާރުގެ ދަށަށް ގެނައުމަށް ސަހްޔޫނީންގެ ސިފައިން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ބާރުގަދަ ހަތިޔާރާއެކު ހަނގުރާމަ އިތުރަށް ވަރުގަދަކޮށް ހަމަލާތައް ދެމުން ގެންދާކަމަSA އަދި އެކަމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާ ޣައްޒާގެ ހުރިހާ ހިސާބެއް ސަހްޔޫނީންގެ ބާރުގެ ދަށަށް ވަރަށް އަވަހަށް ގެނެވޭނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

މީގެ އިތުރުން މުޅި ޣައްޒާ ސަހްޔޫނީންގެ ބާރުގެ ދަށަށް ނުގެނެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށާ އަދި ހަމަލާތައް ބަދަލުކުރުމުގައި ޣައްޒާގެ ހިމާޔަތުގައި ހަމަލާދޭ މީހުންނަށް އެނގުން ނުވާނެހެން ހަމަލާތައް ރާވަން އިސްކަން ދޭނެ ކަމަށް ވެސް ޖައްބާރު ނަތަންޔާހޫ ބުނެފައިވެއެވެ. ނަތަންޔާހޫ ބުނީ އަލަށް ފެށި ހަމަލާގެ މަގުސަދަކީ ހަމާސް ބަލިކުރުން ކަމަށެވެ.


ނަތަންޔާހޫ މިއަދު މިފަދައިން ބުނެފައިވާއިރު ނިރުބަވެރި ސަހްޔޫނީން ޣައްޒާގައި ގަތުލުއާންމު ފުޅާކުރިކަން ސަހްޔޫނީންގެ އަސްކަރިއްޔާ (އައިޑީއެފް) އިން ވެސް އިއުލާންކޮށްފައިވެއެވެ. އައިޑީއެފުން ބުނެފައިވާ ޣައްޒާގެ އުތުރާއި ދެކުނުގެ ބިމުގައި ހަރަކާތްތެރިވަމުންދާ ސިފައިންގެ ތެރޭގައި އަސްކަރިއްޔާގެ ދެކުނު ކޮމާންޑުގެ ސިފައިން ވެސް ހިމެނޭ ކަމަށެވެ.

އެއްގަމު ސިފައިންނަށް ސަހްޔޫނީންގެ ވައިގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ފާއިތުވި ހަފުތާގެ ތެރޭގައި ހަމާސްގެ 670 އަށް ވުރެ ގިނަ ތަންތަނަށް އަމާޒުކޮށް ހަމަލާދީ އެތައް ހަނގުރާމަވެރިންނެއް ޝަހީދުކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ސަހްޔޫނީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އިތުރަށް ފުޅާކުރުމަށް ރިޒާވް ސިފައިން ނެރުމަށް މަސައްކަތް ވެސް ކުރާ ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved