
ހަމާސްގެ އަސްކަރީ ވެރިޔާ އަވަހާރަކޮށްލާފައިވާ ކަމަށް ސަހްޔޫނީން ބުނެފިއެވެ.
ސަހްޔޫނީން އަސްކަރިއްޔާއިން ބުނި ގޮތުގައި މުހައްމަދު އޫދާ އަވަހާރަކޮށްލާފައިވަނީ އަންގާރަ ދުވަހު ގާޒާގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގަ އެވެ.
އޭނާގެ އާއިލާގެ މީހަކު ރޮއިޓާސް ނިއުސް އެޖެންސީއަށް އެކަން ކަށަވަރުކޮށްދެމުން ބުނީ، އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ގާޒާ ސިޓީގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން ހަމާސްއިން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، އޫދާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަވަހާރަކޮށްލާފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާ ވެސް އެކުގައި ކަމަށެވެ.










