April 17, 2026
Advertisement
ހަނގުރާމައިގެ ތެރެއިން ޢައްޒާ
ހަނގުރާމައިގެ ތެރެއިން ޢައްޒާ / ސޯޝަލް މީޑިއާ

ޢައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ސަހްޔުނީއިން އެއްބަހެއް ނުވި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 27, 2025, 09:50 PM
މާލެ ސިޓީ

ޢައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ހަމާސްއިން ކަންތައް ތަކެއް ހުށަހެޅުމުންވެސް ސަހްޔުނީއިން ސިފައިން އެކަމަށް ދެކޮޅުހަދައިފިއެވެ.

Advertisement

ހަމާސްއިން ވަނީ އެއްބަސްވާ ވަކި އުސޫލްތަކެއްގެ މަތިން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި ކަމުގައި އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހަމާސްއިން ސަހްޔޫނީއަށް ނިސްބަތްވާ ރަހީނުން މިނިވަން ކުރުމުގެ އިތުރަށް 70 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައެވެ. އެގޮތުން ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ސަހްޔޫނީއަށް ނިސްބަތްވާ ރަހީނުން ދޫކޮށްލުމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން ހަމާސްއިން ވަނީ ސަހްޔޫނީ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ސަހްޔޫނީއިން އެއްބަސްވެފައެއް ނުވެއެވެ.

ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް، ސަހްޔޫނީގެ ސަރުކާރުން ފާޅުގައި ބުނަމުން ގެންދަނީ ހަމަލާތައް ހުއްޓައި ނުލާނޭކަމަށެވެ. 

ސަހްޔޫނީގެ ބޮޑުވަޒީރު ނަތަންޔާހޫ އެންމެފަހުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ހަމާސްއަށް އޮތް ފުރުސަތަކީ އަމާން ދިނުމަށްފަހު ޣައްޒާއިން ފޭބުންކަމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved